“ކުޑަގިރި ދޫނިއާ ރެކް” ހުޅުވައިފި

ޚަބަރު ފަހުގެ

އެއަރ މޯލްޑިވްސްގެ ދުވަސްވަރު ރާއްޖޭގެ އޭވިއޭޝަން ސިނާޢަތުގައި ފުރަތަމަ ބޭނުންކުރި ޑޯނިއާ 2 މަތިންދާ ބޯޓު ކުޑަގިރި ފަޅުތެރެއަށް ފައްތާ ތާރީޚީ ޑައިވް ސައިޓު ހުޅުވާލައިފިއެވެ.

މިޑައިވް ރެކަށް ނަން ދީފައިވަނީ “ކުޑަގިރި ދޫނިއާ ރެކް”ގެ ނަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިޔުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެމްއެމްޕީއާރްސީއާއި، އެޗްޑީސީގެ އިތުރުން އެމްޓީސީސީ ގުޅިގެން ޑައިވް ސައިޓެއް ތަރައްޤީކޮށް މިހާރުވަނީ ހުޅުވާލާފައެވެ. ރާއްޖޭގައި އޭވިއޭޝަން ސިނާޢަތް ފެށުމަށް އޭރުގެ އެއަރ މޯލްޑިވްސްއިން ބޭނުންކުރި ޑޯނިއާ 228 މަރުކާގެ، 2 އެއަރ ކްރާފްޓް މޫދަށް ފައްތައިގެން ތަރައްޤީކުރި މިޑައިވް ރެކް ސައިޓަށް ކިޔަނީ “ދޫނިއާ ރެކް”އެވެ.

އެޗްޑީސީން ވިދާޅުވީ، މިނަން ދީފައިވަނީ ތާރީޚީގޮތުން ރާއްޖެއަށް ޚާއްސަ ދެ އުޅަނދެއް ފައްތައިގެން ތަރައްޤީކޮށްފައިވާ ސައިޓަކަށްވުމާއެކު، އެދެ އެއަރކްރާފްޓަކީ ރާއްޖޭގެ އެވިއޭޝަން ސިނާޢަތުގެ ފެށުންކަމުގައިވާތީ އުދުހުން ދޭހަކޮށްދިނުމަށްޓަކައި ދޫންޏަށް ނިސްބަތްކޮށްފައިކަމަށެވެ.

މިސައިޓު ހުޅުވުމަށް ކުރިއަށްދިޔަ އިވެންޓުގައި ފަތުރުވެރިކަމާއި، ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމާއި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މަޢުރޫފް ޖަމީލާއި އުރީދޫ މޯލްޑިވްސްގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ