މިއަދު މެންދުރު 14:10 ހާއިރު 20 ވަރަކަށް ޒުވާނުން ނުކުމެ ހަނިމާދޫގައި މުޒާހަރާ ކޮށްފިއެވެ. މުޒާހަރާ ފަށާފައިވަނީ ކާނޭޝަން މަގުން ހަވީރީހިނގުން ގުޅުނު ކަންމަތިންނެވެ. އެތަނުގައި ތިބެ ފޮޓޯ ނެގުމަށްފަހު މުޒާހަރާގެ ބައިވެރިން ދެން ދިޔައީ ކާނޭޝަން މަގުން ކަސްތޫރި ހިނގުން ކަންމައްޗަށެވެ. އެތަނުގައި ތިބެ ފޮޓޯ ނެގުމަށްފަހު މުޒާހަރާވަނީ ޞުލްހަވެރިކަމާއެކު ނިންމައިލާފައެވެ.



















