އޭވިއޭޝަން ދާއިރާގެ ހިދުމަތްތެރިއެއް ކަމަށްވާ އަހުމަދު ފަޔާޒު (ފަޔާ) ކުއްލި ގޮތަކަށް މިރޭ އަވަހާރަވެއްޖެ

ޚަބަރު މީހުން ފަހުގެ

އޭވިއޭޝަން ދާއިރާގެ ހިދުމަތްތެރިއެއް ކަމަށްވާ އަހުމަދު ފަޔާޒު (ފަޔާ) ކުއްލި ގޮތަކަށް މިރޭ އަވަހާރަވެއްޖެ އެވެ.

ފަޔާ އަވަހާރަވީ ރަސްމީ މަސައްކަތެއްގައި ހއ. ހޯރަފުށީގައި ހުންނަވަނިކޮށެވެ.

އިޝްތިހާރު
އިޝްތިހާރު

ފަޔާއަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައި ވަރަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަދި ފަޔާ ޑިޕާޓްމަންޓްގެ އެންމެ އިސް އެއް މަގާމުގައި ހުންނެވި ބޭފުޅާ އެވެ. އަލިފާނާއި ސޭފްޓީ އާ ގުޅޭ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވުމުގެ އިތުރުން އެ މަސައްކަތުގައި ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އަދި އެންމެ ކުޅަދާނަ ބޭފުޅަކީ ވެސް ފަޔާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

އެއްތިރީސް އަހަރު އެއާޕޯޓްގައި ހިދުމަތް ކުރައްވައި މި އަހަރު ރިޓަޔާ ކުރެއްވި އިރު އޭނާ ހުންނެވީ އެމްއޭސީއެލްގެ ފަޔާ އެންޑް ރެސްކިޔުގެ ޑެޕިއުޓީ ޗީފް އޮފިސަރުގެ މަގާމްގަ އެވެ.

މާލޭގައި ހިނގި އަލިފާނުގެ ބޮޑެތި ހާދިސާތަކުގައި ވެސް އިންޗާޖަކަށް ހުންނަވާ ހުރިހާ ކޮމާންޑެއް ކުރެއްވީ ފަޔާ އެވެ.

އަލިފާނުގެ ކަންކަމުގެ އިތުރުން ފަޔާ އަކީ މީގެ ކުރިން ކުޅިވަރުގެ ދާއިރާގައި ވެސް ހަރަކާތްތެރިވި ކުޅަދާނަ ބާސްކެޓް ކުޅުންތެރި އެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ބާކީ 300 އަކުރު