ހަނިމާދޫގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ

ހަނިމާދޫ ޚަބަރު ފަހުގެ

ހދ. ހަނިމާދޫގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިފައިވާކަން އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ހަނިމާދު މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 84 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި ދުވާރު ހެދުމުގެ މަސައްކަތުގެ 89 ޕަސެންޓާއި ސަބްގްރޭޑް މަސައްކަތްތަކުގެ 65 ޕަސެންޓާއި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މަޝްރޫޢުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 16،518 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 38،916 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، 19،679.7 އަކަ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ހަނިމާދޫ މަގުހެދުމުގެ މަޝްރޫއުއަކީ 88.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ