ހަނިމާދޫ ގައި ވޯޓް ގުނުން ލަސްވީ ދެ ކަރުދާސް އިތުރަށް ދޫ ކުރެވުމުން

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ގައި ވޯޓް ގުނުން ލަސްވީ ދެ ކަރުދާސް އިތުރަށް ދޫ ކުރެވުމުން ކަން ކަށަވަރު ކުރެވިއްޖެއެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ހަނިމާދޫގައި 6:00 ގައި ނިންމާލިއިރު އިތުރު ދެކަރުދާސް ދޫކުރުމުގެ ސަބަބުން، ވޯޓު ގުނަން ފެށުނީ 20:00 ގައެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދު ކުރިއަށް ދިޔަ އިންތިހާބުގައި އިތުރަށް ދޫކުރެވުނީ ހަނިމާދޫ ދާއިރާ ރައިސް އާއި ސެކްރެޓަރީގެ ނައިބު ހޮވުމަށް ބޭނުން ކުރި ކަރުދާހެވެ.

ދެކަރުދާސް ދޫ ކުރެވުނީ ވަކި ދެފަރާތަށެވެ. އެކަން އެގުނީ ކެޑިޓޭޓުންނާއި ކުރެވުން މަޝްވަރާއަށްފަހު ވޯޓް ފޮށި ކަނޑާ ގުނަމުން ދަނިކޮށް އެ ކަރުދާސް އެއްކޮށް ފަށްޖަހާފައި އޮއްވާ ފެނުމުންނެވެ. ދެ ކަރުދާސް ލިބުނު 2 ފަރާތުން ފާހަގަ ޖަހާފައި ވަނީ އެއްކަރުދާހުގައެވެ.

490 މީހުނަން ވޯޓްލެވޭ ހަނިމާދޫ ފޮށްޓަށް މިއަދު ވޯޓް ލީ 225 މީހުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ