އެމްޑީޕީގެ އެތެރޭގެ އިންތިހާބު: ހަނިމާދޫ ދާއިރާގެ ރައިސްގެ މަގާމަށް ޝާހިދު އާދަމް ހޮވިއްޖެ

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ދާއިރާގެ ރައިސްގެ މަގާމަށް ޝާހިދު އާދަމް ހޮވިއްޖެއެވެ.

އިއްޔެ ކުރިއަށްދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ ރައީސްކަމުގެ މަގާމު ޝާހިދް އާދަމް ކާމިޔާބުކޮށްފިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޝާހިދު އާދަމް،(އަސުރުމާގެ/ހދ.ފިނޭ) މި އިންތިހާބު ކާމިޔާބުކުރީ، ހަނިމާދޫ ޖަންބުގެ އައްބާސް މުހައްމަދާއި ވާދަކޮށެވެ. ޝާހިދު އަށް 195 ވޯޓް ލިބުނުއިރު އައްބާސް އަށް ލިބިފައި ވަނީ 177 ވޯޓެވެ.

ޝާހިދަށް ލިބިފައިވާ ވޯޓްގެ ތަފްސީލަށް ބަލާއިރު ފިނެއިން ލިބިފައިވަނީ 48 ވޯޓެވެ. ހިރިމަރަދޫން 34، ނައިވާދޫ އިން 36 ، މާލެއިން 14 ވޯޓް ލިބިފައި ވާއިރު ހަނިމާދޫއިން 63 ވޯޓެވެ.

އައްބާސް ލިބިފައިވާ ވޯޓް ތަފްސީލަށް ބަލާއިރު ފިނެއިން ލިބިފައިވަނީ 2 ވޯޓެވެ. ހިރިމަރަދޫން 4، ނައިވާދޫ އިން 4 ، މާލެއިން 14 ވޯޓް ލިބިފައި ވާއިރު ހަނިމާދޫއިން 153 ވޯޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ