ބޮޑުފޮޅުދޫ އާރުބީޖީ ސްޕޯރޓްސް ކުލަބުން އަނެއްކާވެސް ތަފާތު ތަޖުރިބާއެއް، ވޮލީ ކުޅުންތެރިންނަށް ހިނިތުންވުން ގެނެސްދީފި.

ކުޅިވަރު ފަހުގެ

 އއ. ބޮޑުފޮޅުދޫ އާރުބީޖީ ސްޕޯރޓްސް ކުލަބުން 24 ސެޕްޓެމްބަރ 2021 ވީ ހުކުރުދުވަހު މޯލްޑިވްސް ވޮލީބޯލް ވެޓަރެންސް ވޮލީޓީމް އާއި އެކު އެކުވެރިކަމުގެ މެޗެއް ކުޅެފިއެވެ. އެމް ވީ ވީ އަކީ ރާއްޖޭގޭގެ ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމެކެވެ. މީ އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ދައުވަތަކަށް އެމްވީވީ އެރަށަށް ކުރިދަތުރެއްކަމަށް އެކުލަބުގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވިއެވެ. 

ނަސީމް ވިދާޅުވީ މި ދަތުރުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅެތި ވޮލީކުޅުންތެރިންގެ ތެރެއިން ގިނަ ބޭފުޅުންތަކެށް ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ކުރީގެ އެންމެ މޮޅު އެއްކުޅުންތެރިޔާ ސައީދް އަލީ އާއި، ނަދީމް ކޯޗާއި، މުމްތާޒް ( މުންތެ) ކޯޗާއި،ސަޑިއްކެގެ އިތުރުން ރާއްޖޭގެ   ޤައުމީ ވޮލީޓީމްގެ ކޯޗް ކާއްޓޭ އާއި، ކުރީގެ މަޝްހޫރު ލިބަރޯ ރިއްޗަޅޭ ގެ އިތުރުން ޝިމާލް އާއި ރާއްޖޭގެ ވޮލީ ލެޖެންޑުންގެ ގިނަ ބޭފުޅުން ބައިވެރިވެފަވެއެވެ. 

އިޝްތިހާރު
އިޝްތިހާރު

އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ރައީސް ވިދާޅުވީ މި ކުލަބުގެ މަޤްސަދަކީ  ރަށުގެ ވޮލީ ކުޅުންތެރިންނަށް ރާއްޖޭގައި ތިބި އެންމެ ތަޖްރިބާ ކާރު ކޯޗުންގެ  އެހީތެރިކަން ހޯދާ މޮޅު ހުނަރުވެރި ކުޅުންތެރިންތަކެށް އުފެއްދުމަށް އެހީތެރިވެދިނުން ކަމަށެވެ. ކުޅިވަރުގައި އއ. އަތޮޅުގައި ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ އާރުބީޖީ ސްޕޯރޓްސް ކުލަބުން ބޮޑުފޮޅުދޫގެ ކުޅިވަރު ތާރީޚްގައި މީގެ ކުރިން ކުޅުންތެރިން ނަށް ލިބިފައި ނުވާ ފަދަ ރަނުގެ ފުރަސަތުތައް މިގެންދަނީ ފަހިކޮށްދެމުން، އާރުބީޖީ ރައީސް ވިދާޅުވިއެވެ. އަދި މިފުރަސަތު ތަކުގެ ބޭނުން ހިފާބަޔަކަށް އެކަމުގެ ފައިދާ ކުރާނެ ކަމަށާއި ކުޅުންތެރިން އުފެއްދުމަށް އަތޮޅު ލެވަލްގައި ކުރަމުން އައި މަސައްކަތް އިތުރު ހަރުފަތަކަށް ޖައްސާލައި މުޅިރާއްޖެއަށް އަމާޒް ހިފާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

  މިދަތުރު ގައި އާރުބީޖީ ސްޕޯރޓްސް ކުލަބުން އެކުލަބުގެ އަންހެން ވޮލީޓީމްގެ އިތުރުން ބޮޑުފޮޅުދޫގައި ވޮލީކުޅޭ ހުރިހާ އަންހެން ކުޅުންތެރިންނަށް އެމްވީވީގެ ކޯޗުން ބޭނުން ކޮށް ވޮލީ ޝެޝަން އެއްވަނީ ކުރިއަށްގެންގޮސްފައެވެ. މި ޝެޝަން ތަކުގައި ނަދީމް ކޯޗާއި،ސައީދު އަލީ، ރިއްޗަޅޭ، މުމްތާޒް އަދި ސަޑިއްކެ ކޯޗް ވަނީ ވޮލީގެ ކެރިއަރ ގައި އެބޭފުޅުން ކުރެއްވި ތަޖްރިބާ ހިއްސާކޮށް ކުޅިވަރުގައި ކުރިއަށް ދިއުމަށް ބޭނުންވާނެ މުހިންމު ގިނަ ކަންކަން ޓީމާއި ހިއްސާކޮށް ހިތްވަރުދެއްވާފައެވެ. 

ހުކުރު ދުވަހުގެ ރޭ ކުޅެވުނު އެކުވެރިކަމުގެ މި މެޗް ޝަރަފްވެރިކޮށްދެއްވީ އާރުބީޖީ ސްޕޯރޓްސް ކުލަބުގެ މުއައްސިސް އަބްދުލްޤަފޫރު މުހައްމަދު އެވެ. މި މެޗް އެމްވީވީން ވަނީ ސީދާ 3 ސެޓުން ކާމިޔަބުކޮށްފައެވެ. މި މެޗް ކުޅެނިމުމަށްފަހު އެމްވީވީގެ ޓީމް ވަނީ އާރުބީޖީ ސކ ގެ ފިރިހެންވޮލީޓީމަށް ހިތްވަރުދެއްވައި ވާހަކަ ދައްކަވާފައެވެ. އެގޮތުން އީސަ ޓީމްއާއި ވާހަކަ ދައްކަވަމުން ވިދާޅުވީ  ”މިރޭ މެޗުން ތި ކުދިން ބަލިވީކީ ތި ޓީމް ބަލިވެގެން ނޫންކަމަށާއި، ޓީމްގައި މޮޅެތި ކުޅުންތެރިން އެބަތިބިކަމަށާއި، ފެނިގެން ތި ދިޔައީ އުމުރުން 18 އަހަރާއި އަދި 15 އަހަރުން ފެށިގެން އެމްވީވީގެ މިތިއްބެވި ބޭފުޅުން ކުރެއްވިމަސައްކަތުގެ ނަތީޖާ 60 އަހަރު ވީއިރުވެސް ހަމަ އެލެވަލްގަ އެކުޅުނީ އަހުލާގު ރަގަޅުކޮށް ކުޅިވަރުގެ އޮންނަންވާ މިންގަޑެއްގައި ހިފެހެއްޓީތީ މިލެވަލްގައި ތިބި ބަޔަކަށް އައިސް މިކޯޓުގައި ކުޅެލެވުނީކަމަށެވެ.  އަދި މި ބޭފުޅުން ކޯޗުންނަށްވީ އެންމެންވެސް ކުޅެގެންކަމަށާއި، އެންމެ ފުރަތަމަ ކޯޗަކަށްވީ އެކަކުވެސް މިތާނގައި ނެތްކަން ފާހަގަ ކުރެއްވިއެވެ. އީސަ ވިދާޅުވީ ކުޑައިރުއްސުރެ 50 އަހަރަށް ދަންދެންވެސް ކުޅެން ހިތުނިޔަތްގަނެ އަހުލާގު ރަގަޅުކޮށް ކުޅެންވީކަމަށާއި، ތިކުދިންނަށް ދޭންއޮތްނަސޭހަތަކީ ކުޅިވަރު ކުޅުމަކީ ދިރިއުޅުމުގައި 3 ވަނަ އަށް ކުރަންވީ ކަންތައްކަމަށާއި، ފުރަތަމަ ކަމަކީ ނަމާދު ކުރުންކަމަށެވެ. އޭރުން ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވެގެންދާނެކަމަށެވެ. 

އާރުބީޖީ މި ޓީމްގައި ވަރަށް މޮޅެތި ކުޅުންތެރިން އެބަތިކަމަށާއި ޓިމްގެ ޖޯޒީނަންބަރ 7 ޔޫސުފް ވިޝާމް އާއި ޖޯޒީނަންބަރ 11 ހަސަން ނާފިއު އަދި ޖޯޒީނަންބަރ 10 އަބްދުﷲ ރިފާޒް ގެނަން ފާހަގަކޮށްފައެވެ. މިމެޗްގެ ވާހަކަ ދައްކަވަމުން އެމްވީވީގެ ލިބަރޯ އަދި ރާއްޖޭގެ ކުރީގެ މަޝްހޫރު އެންމެ މޮޅު އެއް ލިބަރޯ ރިޝްވާން ރިއްޗަޅޭ ކޯޗް ) ވިދާޅުވީ އެބޭފުޅާއަށް ފާހަގަ ކުރެވުނު އެއްކަމަކަށް ކޯޓްގައި ހުސްތަންތަން ގިނަވެގެން ގޮސްފައިވުން ކަމަށާއި ކޯޓްތެރޭގައި އޮންނަންޖެހޭ ގުޅުން ކުޅުންތެރިންގެ ފަރާތުން ފެނިގެން ގޮސްފައި ނުވާކަމަށާއި އާރުބީޖީ ޓީމްގެ ކުޅުންތެރިން ބޭނުންވެފައި ތިބީ މޮޅުވަން ކަމަށާއި އެގޮތަށް ވިސްނުން ބަހައްޓައިގެން ނުވާނެކަމަށާއި، ތަޖުރިބާހުރި ކޯޗުންތަކަކާއި އެކު ކުޅޭއިރު ވަރަށް ގިނަ ކަންތައްތައް ދަސްކުރަންޖެހޭނެކަމަށާއި، ވަރަށް ގިނަ މިސްޓޭކްތައް ހެދިފައިހުރިކަމަށާއި މޫވްމެންޓްތައްވެސް ގޯސްކޮށް ހެދިފައި ހުރިކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ޖުމްލަކޮށް ކުޅުންރަގަޅުކަމަށާއި، ރަގަޅުކޯޗެއްގެ އިރުޝާދުގެ ދަށުން ޓްރެއިނިންގް ކޮށްލެވިއްޖެނަމަ މޮޅުޓީމަކަށް ވާނެކަމަށެވެ. 

ކޯޗް މުމްތާޒު އެބޭފުޅާގެ އެޑްވައިސް ޓީމަށް ހިއްސާކުރަމުންދެންނެވީ މި ރަށުގައި ވޮލީގެ ކެރިއަރ ވަރަށް އުޖާލާކޮށް ފެންނަކަމަށާއި، ޕްރޮފެޝަނަލް ކޯޗެއްގެ އެހީތެރިކަން ލިބިއްޖެނަ ނެޝަނަލް ޖޫނިއަރ ޓީމްއަށް ކުޅެލެވޭނެ ވަރުގެ މޮޅެތި ކުޅުންތެރިން އެބަ ތބިކަމަށެވެ. އަދި އަންހެން ކުޅުންތެރިންވެސް ރަގަޅު ކަމަށާއި އުންމީދީ މޮޅެތި ކުޅުންތެރިންތަކެށް ސްކޫލް ކުދިންގެ ތެރެއިން ވެސް ފެނިގެންދިޔަކަމަށެވެ. އަދި އާރުބީޖީ ސްޕޯރޓްސް ކުލަބުން ތިކުރައްވާ މަސައްކަތުގައި އެކުދިންގެ ބޭނުންކޮށް ރަގަޅުހިސާބަކަށް ގެންގޮސްދިނުމަށް އެދިފައިވެއެވެ. 

އެމްވީވީގެ ރައީސް ސައީދު އަލީ ވިދާލުވީ މީ ވަރަށް އުފާވެރި ހިތްހަމަޖެހުނު ދަތުރެއްކަމަށާއި އާރުބީޖީ ސްޕޯރޓްސް ކުލަބުގެ މެހެމާންދާރީއަށް ޝުކުރުއަދާކުރާކަމަށާއި، އެންމެ ހިތްހަމަ ޖެހިގެން ދިޔައީ ކެއުމުގެ އިންތިޒާމްތަކުގެ ފުރިހަމަކަމުން ކަމަށެވެ. ސައީދު އަލީ ވިދާޅުވީ އެމްވީވީގެ ފަރާތުން އާރުބީޖީއަށް ކޮށްދެވެންހުރިކަންތައްތައް ބަލާނެކަމަށާއި، އެންމެބޮޑަށް ބޭނުންވާނީ ކޯޗިންގެ ދާއިރާއިން އެހީވެދިނުން ކަމަށް ޤަބޫލްކުރެވޭތީ އާރުބީޖީގެ އަންހެން ޓީމަށާއި ފިރިހެން ޓީމަށް  އެމްވީވީގެ ކޯޗުންގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން އާރުބީޖީގެ ރައީސްއަށް ދީފައިވާނެކަމަށެވެ. 

އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ރައީސް ވިދާޅުވީ އެމްވީވީ އާއި ގާތްގުޅުމެއް މިދަތުރުގައި އުފެދިއްޖެކަމަށާއި ކުރިއަށް ހުރި ދުވަސްތަކުގައި އެމްވީވީއާއި ގުޅިގެން ރާއްޖޭގެ އެންމެ މޮޅެތިކޯޗުންގެ އެހީތެރިކަމާއި އެކު އާރުބީޖީގެ އަންހެން އަދި ފިރިހެން ވޮލީޓީމްގެ އިތުރުން ރަށުގެ ވޮލީ ކުޅުންތެރިން ޓްރެއިނިންގް ކުރުމުގެ މަސައްކަތް ކުރާނެކަމަށެވެ. އަދި ވޮލީ ކުޅުންތެރިން އުފެއްދުމަށް ކުރާމަސައްކަތުގެ ތެރެއިން ސްކޫލް އާއި މަސްވަރާކުރެވި ވަރަށް އަވަހަށް ސްކޫލް ދަރިވަރުންނަށް ވޮލީޓްރެއިނިންގް ކޭމްޕެއް ހިންގުމާއި މެދު މަސްވަރާކުރެވިފައި ވާކަމަށް ރައީސް ނަސީމް ވިދާޅުވިއެވެ.  އާރުބީޖީ އިން މިހާރު ހިންގަމުންގެންދާ ހަރަކާތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ނަސީމް ވިދާޅުވީ މިވަގުތު ކުލަބުން ހިންގަމުން ދިޔަ އަންހެން ވޮލީ ޓްރެއިނިންގް ކޭމްޕް މެދުކަނޑާލުމަށް ފަހު އއ.ބޮޑުފޮޅުދޫ ކައުންސިލްއިން ޒުވާނުންނަށް އަމާޒު ކޮށްގެން ކުރިއަށްގެންދާ ”ލެގޫންވިއު ރަށުފޯރި ޕާރކް ވޮލީ ”މުބާރާތް ހިންގުމާއި ހަވާލުވެ އެމުބާރާތް ހޮނިހިރު ދުވަހު ހަވީރު ފަށައިގެން ކުރިއަށް ގެންދާކަމަށެވެ. 

ވޮލީމުބާރާތް ނިމުމާއި އެކު ކުލަބުގެ އަންހެންޓީމް ހޭންޑްބޯލް ފަރިތަކުރުންތަކަށް ކުރިއަށް ގެންދާގޮތަށް ނިންމާފައިވާކަމަށާއި، ކ އަތޮޅު ގުރައިދޫ އަންހެން ހޭންޑްބޯލްޓީމް މިރަށަށް އައުމަށް ދައުވަތު ދީފައިވާތީ އެމެޗަށް ތައްޔާރު ވުމުގެ ގޮތުން ނެވެ. އާރުބީޖީގެ ރައީސް އިބްރާހިމް ނަސީމްވަނީ އެމްވީވީގެ މިދަތުރުގައި ކުލަބުގެ ފަރާތުން އަންހެންކަބަލުން ކޮށްދެއްވި ބުރަމަސައްކަތަށް ޝުކުރު އަދާކުރާކަމަށް ވިދާޅުވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ