ހަނިމާދޫ ސްކޫލްގެ ޔުނީފޯމް ހަރަކާތްތައް ކަމުގައިވާ ސްކައުޓް، އަދި ކަބް ސްކައުޓް ހަރަކާތް ފެށުމާއެކު އަލަށް އެހަރަކާތާ ގުޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
ސްކައުޓް ޙަރަކާތް ފެށުމުގެ ގޮތުން އިއްޔެވަނީ ހާއްސަ ހަރަކާތެއް ކުރިޔަށް ގެން ގޮސްފައެވެ. އަދި ކަބް ސްކައުޓުން ސްކައުޓަށް ބަދަކުވާ ދަރިވަރުންގެ އަޕް ގޮއިން ވެސްވަނީ ކުރިޔަށް ގެންގޮސްފައެވެ. މިވަގުތު ހަނިމާދޫ ސްކައުޓް ގުރޫޕުގައި 102 ކަބު ސްކައުޓް އަދި 17 ސްކައުޓުން ޙަރަކާތް ތެރިވެއެވެ. މިކުދިންނަށް ހަފުތާއަކު 1 ދުވަހު ސެޝަންތައް ކުރިޔަށް ގެންދިއުމަށް ރާވާފައި ވާކަމަށް ހަނިމާދޫ ސްކައުޓް ގުރޫޕުން ހާމަކުރެއެވެ.
އެގޮތުން ހަނިމާދޫ ސްކައުޓް ފަރާތުން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން މިހާރު ގުރޭޑް 2 ގައި ތައުލީމް ހާސިލްކުރާ ދަރިވަރުންގެ ތެރެއިން ކަބް ސްކައުޓަށް ވަންނަން ބޭނުންވާ ދަރިވަރުންނަން އެފުރުސަތު ހުޅުވާލާކަމަށެވެ. އަދި ގުރޭޑް 6 މަތީގެ ދަރިވަރުނަން ސްކައުޓަށް ވަނުމުގެ ފުރަސަތު ހުޅުވިފައިވާ ކަމަށެވެ.
އަލަށް ސްކައުޓް އަދި ކަބް ސްކައުޓް އަށް ގުޅެން ބޭނުން ވާނަމަ އެކަމަށް އެދޭ ފޯމް ފުރިހަމަކޮށް 4 އޮކްޓޯބަރ 2021 ހުގެ 14:00 ކުރިން ފޯމް ހަނިމާދޫ ސްކޫލް އޮފީހަށް ހުށައަޅަން ޖެހެއެވެ.


