މުޅި ހަނިމާދޫން މިއަދު 2 ޖަހާއިރު ކަރަންޓް ކަނޑައިލެވޭނެކަމަށް ހަނިމާދޫގައި ކަރަންޓްގެ ހިދުމަތްދޭ ފެނަކައިން ބުނެފިއެވެ.
ހަނިމާދޫ ފެނަކައިން ބުނީ ހަނިމާދޫގައި ދަނޑުވެރިކަން ކުރުމަށް ދޫކުރެވިފައިވާ ސަރަހައްދުގައި ބެހެއްޓިފައިވާ ޑިސްޓްރިބިއުޝަން ފޮށިތައް ނެގުމަށް ޓަކައި އެ ފޮށިތަކުން ކަރަންޓް ކޭބަލް ތައް ނެއްޓުމަށާއި، އަމީނީ މަގުގައި އިންޖީނުގޭ ކައިރީގައި އަލަށް ބެހެއްޓިފައިވާ ޑިސްޓްރިބިއުޝަން ފޮށި ފީޑާރ ޕެނަލް އަށް ގުޅާލުމަށްޓަކައި މިއަދު މެންދުރު 2 ޖަހާއިރު މުޅި ރަށުން ކަރަންޓް ކަނޑާލާނެކަމަށެވެ.
ކަރަންޓް އަބުރާ ދެވޭނެ ކަމަށް ލަފާކުރެވެނީ 14:45 ގައި ކަމަށްވެސް ފެނަކައިން މައުލޫމާތު ދެއެވެ. ކަރަންޓް ހިދުމަތް މެދު ކެނޑޭ ވަގުތު ކުރިމަތިވާ ދަދިތަކަށް އެކުންފުނީގެ ފަރާތުން މައާފަށް އެދޭ ކަމަށްވެސް ފެނަކައިން ބުނެފައިވެއެވެ.
ފޮޓޯ : ހަނިމާދޫ ފެނަކަ


