ހދ. އަތޮޅު ތަރައްޤީގެ މަހާސިންތާ ހަނިމާދޫގައި ފަށައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހދ. އަތޮޅު ތަރައްޤީގެ މަހާސިންތާ ހަނިމާދޫގައި ފަށައިފިއެވެ. މި މަހާސިންތާ ކުރިއަށް ގެންދަނީ ހަނިމާދޫ ސްކޫލް މަލްޓިޕާޕަސް ހޯލްގައެވެ. އެ ހޯލަކީ އަދި ހަދާ ނުނިމި ހުރި ހޯލެކެވެ.

މިަހާސިންތާ ހުޅުވުގެ ރަސްމިއްޔާތުގައި ހދ އަތޮޅުގެ 6 މަޖިލީސް މެންބަރު ތިބޭއިރު، ބައިވެރިވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބުދުލް ގަފޫރު މޫސާއާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބުދު ﷲ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

3 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާއަކީ ހދ އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފަސޭހައިން ގާތުން ފޯރުކޮށްދިނުމާއި އަތޮޅުގެ މާލީ ތަނަވަސްކަން ރައްޔިތުންނަށް ހޯދައިދިނުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށް ފަހި ގޮތްތަކެއް ހޯދުމަށް ބާއްވާ މަހާސިންތާއެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ