ހަނގާކުރުމަކީ ނައިސްކަމެއް ނުނެކެވެ. ކޫލް ކަމެއްވެސް ނޫނެކެވެ.!

އިޖުތިމާޢީ ފަހުގެ

ހަނގާކުރުމަކީ އަނެކާއަށް ދެވޭ އަނިޔާއެކެވެ. އެއީ ޖިސްމާނީ އަދި ނަފްސާނީ އަނިޔާއަކަށް ވިޔަސްމެއެވެ. ޢާއްމުކޮށް ހަނގާކުރަނީ ސްކޫލުތެރޭ، އޮފީސްތެރޭ ނުވަތަ މަސައްކަތުގެ މާހައުލުގައެވެ. މަދު މަދުން ނަމަވެސް ދިރިއުޅޭ ގޭތެރޭގައިވެސް މިކަންތައް ހިނގައެވެ. ސީދާ ގޮތެއްގައެވެ. ނުވަތަ ދުރު ދުރުން މީހުން މެދުވެރިކޮށެވެ. ބަދުނާމުކޮށްލާ އުސޫލުންނެވެ.

ތަފާތު ގޮތްގޮތަށް ހަނގާކުރެއެވެ. އޭގެ ތެރޭގައި އެއްކުއްޖަކު އަނެއްކުއްޖާގެ ހަށިގަނޑަށް އަނިޔާ ކުރުމާއި، އަނގަބަހުން އަނިޔާ ކުރުމާއި، މީސްމީޑިޔާ ބޭނުން ކޮށްގެން އަނިޔާ ކުރުމާއި، ނުފެނި ތިބެ ޖަމާއަތުގެ ތެރޭގައި އަނެއް ކުއްޖާގެ ޢިއްޒަތް ގެއްލި އަބުރަށް ހުތުރު ނަމެއް ލިބޭފަދަ ގޮތަކަށް ހަގީގަތާ ޚިލާފު ވާހަކަ ފެތުރުން ފަދަ ކަންކަންކުރުން ހިމެނެއެވެ. މިފަދަ ކަންކަމުގެ ސަބަބުން އެކުއްޖާގެ ހިތައް ނޭދެވޭ އެތަށް އަސަރުތަކެއް ކުރުވައެވެ. އެކުއްޖާގެ ވާހަކަ ޤަބޫލުކުރާނެ މީހަކު ނުހުރެއެވެ. އަޑުއަހާ އެކަމަކަށް ހައްލެއް ގެނެސްދޭނެ މީހަކުވެސް ނުހުރެއެވެ.

އިޝްތިހާރު
އިޝްތިހާރު

އެކުވެރިންނެވެ. މިއީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ހަނގާކުރުމުގެ ސަބަބުގެ ސަބަބުން އެތަށް ކުދިންނެއްގެ ކުރިމަގު ގެއްލިގެން ދެއެވެ. ސްކޫލްގެ މާހައުލުގައި އަނިޔާ ލިބުމުގެ ސަބަބުން އެކުދިންގެ ކިޔެވުމަށް ބަދަލުތައް އައުމާއި ކިޔެވުން ހުއްޓާލުންދަފަ ކަންކަން ކުރިމަތިވެއެވެ. އަދި ދިރިއުޅުން މަތިން ފޫހިވެ އަމިއްލަ ނަފްސަށް ގެއްލުން ދިނުންފަދަ ކަންކަން ކުރިމަތިވެއެވެ. ރަނގަޅަށް ނުކެވުން، ކުއްލިއަކަށް ރުޅިގަދަވުން ފަދަ ކަންކަން ހިމެނެއެވެ. މުސްތަޤުބަލު ބަނަކޮށްލަނީއެވެ. މާޔޫސީގެ ބިޔަ ރާޅެއް ހަޔާތަށް ބިންދާލާ ދިރިއުޅުން އިންދިރާސް ކޮށްލަނީއެވެ.

މިކަން ބަދަލުކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުޖުތަމައު މިކަމަށް ހޭލުންތެރިވެފައި ނެތުމެވެ. ތަންތަނުގެ އިސްވެރިންނާއި ސްކޫލްތަކުގެ މުދައްރިސުންވެސް ތާފާތުކުރުންތައް ގެންގުޅުމެވެ. ހަނގާކުރެވޭ ކުއްޖާގެ ވާހަކަތައް ޤަބޫލުކުރާނެ މީހުން ނެތުމެވެ. އާނއެކެވެ. މުޖުތަމައުގެ ހުރިހާ ފަރުދުން ގުޅިގެން ހަނގާކުރުމުގެ ސަޤާފަތް ހުއްޓުވާލެވިދާނެއެވެ. ބޭނުންވަނީ އިސްނަގާނެ ބައެކެވެ. ކެރިގެން ކުރިމަތިލާނެ ބައެކެވެ. ތަފާތުކުރުންތައް އެއްފަރާތްކޮށް ހަމަހަމަކަންމަތީ ފިޔަވަޅުތައް އަޅާނެ ފަރާތެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ