ސްކޫލް ދައުރުގައި މަޖަލަށް ފެށި އަތްތެރި މަސަކަތް މުޅި ދުނިޔެއަށް

ހަނިމާދޫ މީހުން ފަހުގެ

މުހައްމަދު މުޞްޠަފާ އެނާގެ ސްކޫލް ދައުރުގައި ވެސް އަތްތެރިމަސައްކަތަށް ވަރަށްބޮޑަށް ޝައުޤުވެރިކަން ހުރި ފަރާތެކެވެ. ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނުގައި ހަގީގީ ކުލަ ޖެހުނީ ހަށިގަނޑަށް އަނިޔާއެއްވެސް ލިބި ގޭގައި މަޑުކުރަން ޖެހުމާއި ހިސާބުންނެވެ. ކޮންމެ ކަމެއްވެސް ދިމާވަނީ ރަނގަޅަށޭ ބުނާ އުސޫލުންނެވެ. މިހާރު އެ މަސައްކަތް ފުޅާ ކުރަމުން ގޮސް މުޞްތަފާގެ ހުނަރު އެވަނީ ގާދޫކޮލުން ބޭރަށް މުޅި ދުނިޔެއަށް ފެންނަ ގޮތަށް ބައިނަލް އަޤްވާމީ ޕްލެޓްފޯމްތަކަށް ދޫކޮށްލާފައެވެ. 

އެކުވެރިން އެދޭ އެދުންތަކަށް ކަރުދާހާއި ރިބަނުން ފެށި މަސަކަތް މިހާރު ވަނީ ލަކުޑިއާއި ބިއްލޫރި އަދި ޕްލާސްޓިކަށް ވެސް ބަދަލު ކޮށްލާފައެވެ. މުޞްޠަފާގެ ސާމާނުތައް މިހާރު އީޓުކުރީގެ ހަނިމާދޫ ކޮމިއުނިޓީން ލިބެން ހުންނާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މުޞްޠަފާގެ ދަތުރަށް އަވަސްކަޅިއެއް

ހދ.ހަނިމާދޫ، ސަންރައިޒްގެ މުހައްމަދު މުޞްޠަފާއަށް 2013 ވަނަ އަހަރުވީ އެއްގޮތަކުން ބަދު ނަސީބު އަހަރަކަށެވެ. އަނެއްގޮތަކުން ބާއްޖަވެރި އަހަރަކަށެވެ. ބަދު ނަސީބު ވީ ފަޔަށް އަނިޔާވެ ގޭގައި މަޑުކުރަން ޖެހުމުންނެވެ .އެހެނަސް އެއަހަރަކީ މުޞްތަފާގެ ހަޔާތުގެ ބާއްޖަވެރި އަހަރަކަށްވީ، ކުރިން ހިތަށްވެސް ނާރާފަދަ ގޮތަކަށެވެ. ގޭގައި އެހެން ހުންނަން ޖެހުމުގެ ސަބަބުން، ކުޑައިރުއްސުރެ ހިތުގައި ޝައުޤުވެރިކަން އޮތް މަސައްކަތް މަޑުމަޑުކުރަންފެށިއެވެ. އެހާ ހިސާބުން ރައްޓެހި ރަޙްމަތްތެރީން އެކިކަހަލަ ތަކެތި ތައްޔާރުކޮށްދޭންއެދުމުން ފޫހިކަމެއްނެތި ކުރަންފެށީއެވެ. ކަރުދާހާއި ރިބަން ބޭނުންކޮށްގެން ތަފާތު އެއްޗެހި ތައްޔާރުކުރުމަށް ފަހު މަސައްކަތުގެ މިސްރާބު ބަދަލުކޮށް ތަރައްޤީކޮށްލިއެވެ. ޕްލާސްޓިކާއި، ލަކުޑިންވެސް އެކި ވައްތަރުތަކުގެ ތަކެތި ތައްޔާރުކޮށް، މުޞްތަފާގެ ހުނަރު ފައްކާކުރިއެވެ. އެއާއި އެކު މަސައްކަތަށް ކުޑަ އުޖޫރައެއްވެސް ނަގަން ފެށީއެވެ. 

މިހާރު ތަޅުދަނޑި ފޫކުން ފެށިގެން ގޮސް ކައިވެނީގެ ރަނާއި ހަދާނީ ފިލާ ވެސް ތައްޔާރުކޮށްދޭ މުޞްޠަފާ އެންމެ ހިތްހަމަޖެހޭ މަސައްކަތަކަށް މިހާތަނަށްކުރެވުނީ ޕޮލިސް އަޕަރނޯތު ޑިވިޝަން ކޮމާންޑަރަށް އެރުވުނު ހަދާނީ ފިލައެއްގެ މަސައްކަތެވެ. އެއީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭ ކުރެވުނު ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށް އޭނާ ބުނެއެވެ. ނަންބޯޑު ހެދުމަށްޓަކައި ޕްލާސްޓިކް ގެންނަނީ މާލެއިންނެވެ. ލަކުޑިން ހަދާ ތަކެތީގެ މަސައްކަތަށް ބޭނުންވާ ލަކުޑި ރަށުތެރެއިންވެސް އެހާ އުދަގޫކަމެއްނެތި ލިބޭ ކަމަށްވެސް މުޞްތަފާ ބުނެއެވެ. 

މި މަސައްކަތުގައި އަވަދެނެތި ގޭގައި އުޅެމުން ދަނިކޮށް އީ ޓުކުރީގެ ފަރާތުން ގެއަށް ޒިޔާރަތް ކުރިކުރުމަކީ، މި މަސައްކަތުގައި މުޞްތަފާގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަސްކަމުގައި ފާހަގަކުރެއެވެ. މިމަސައްކަތުގައި ކުރިޔަށްދާން ލިބޭ އެންމެ ބޮޑު ހިތްވަރަކީ ލޯބިވާ އަނބިމީހާއާއި އާއިލާގެ ފަރާތުން ލިބޭ އެހީތެރިކަން މުސްތަފާ ފާހަގަ ކުރީ  ނުހަނު  އުފަލާއިއެކުއެވެ. އަދި އެވެރިން ދޭ އެއްބާރުލުން ވެސް ފާހަގަ ކުރިއެވެ. އަދި އެފަރާތްތަކަށް ޝުކުރުއަދާކޮށްލަން ބޭނުން ވާކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ. 

ހުނަރުވެރީންގިނަ ދިވެހިރާއްޖޭގައި އެފަރާތެއްގެ ހުނަރު ދައްކާލަން ފުރުސަތު ނެތްކަމަށް ބުނާ ބުނުމަކީ މުޅިން ރަގަޅުވާހަކައެއް ނޫންކަން މުޞްތަފާ އެދަނީ ސާބިތުކޮށްދެމުންނެވެ. ބޭނުންވަނީ ކެރުމެވެ. އަޒުމެވެ. ނުގުޑާފަދަ ހިތްވަރެކެވެ. މަސައްކަތުގެ އަޚްލާޤެވެ. ފުރަތަމަ ނާކާމިޔާބީއާއި ވެސް ކުރިމަތިލާން ޖެހުމަކީ ކައިރި ކަމެއްކަމާއި، އަނެއްކާވެސް ތެދުވެ ހަށިފޮޅާލައި، ގަދަ އަޅައި މަސައްކަތްކުރުމަކީ ކާމިޔާބުގެ އަސްލުކަން ހަނދާން ބަހައްޓަންޖެހެއެވެ. 

މުޞްޠަފާގެ ހުނަރުވެރި މަސައްކަތްތަށް ބަލައިލުމަށް ފޭސްބުކް މައި ވޯކް – ކުރެދި ހަނިމާދޫ  ޕޭޖަށް ޒިޔާރަށް ކޮށްލައްވާށެވެ. އަދި އޯޑަރ ދެއްވުމަށް  9913466 ނަންބަރ ވައިބާ ކުރާށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ