ހދ އަތޮޅުގައި ވަކި ދައުލަތެއް ހެދުމަށް ހދ.އަދޮޅު ތަރައްޤީގެ މަހާސިންތާގައި ގޮވާލައިފިއެވެ.
މިފަދައިން ގޮވާލީ 2040 ވަނަ އަހަރަށް ހދ. އަދޮޅުގެ ތަސައްވަރު ތައްޔާރުކުރުމަށްފަހު އެ ތަސައްވަރު ހުށަހަޅައިދެމުން އެ މަހާސިންތާގެ ބައިވެރިންގެ ތެރެއިން ގުރޫޕު 7 ން ހުށަހެޅި ހުށަހެޅުމަގައެވެ.
” އެގޮތުން ވަކި ދައުލަތެއް މިއަތޮޅުގައި ހެދުން ” މިފަދައިން ގުރޫޕް 7 ގެ ހުށަހެޅުން ހުށަހެޅި ބައިވެރިޔާ ބުނެފައިވެއެވެ
އޮކްޓޯބަރ 7 ން 9 ވަނަ ދުވަހަށް ކުރިޔަށްގެންދިޔަ މި މަހާސިންތާގެ މަގުސަކީ ހދ އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފަސޭހައިން ގާތުން ފޯރުކޮށްދިނުމާއި އަތޮޅުގެ މާލީ ތަނަވަސްކަން ރައްޔިތުންނަށް ހޯދައިދިނުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށް ފަހި ގޮތްތަކެއް ހޯދުމަށް ބާއްވާ މަހާސިންތާއެކެވެ.


ޚިޔާލުތައް: