ހަނިމާދޫގައި ކުރިޔަށް ގެންދިޔަ ހދ. އަތޮޅު ތަރައްޤީގެ މަހާސިންތާ ނިންމާލައިފިއެވެ.
އޮކްޓޯބަރ 7 ން 9 ވަނަ ދުވަހު ނިޔަލަށް ކުރިއަށްގެންދިޔަ މި މަހާސިންތާއަކީ ހދ އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފަސޭހައިން ގާތުން ފޯރުކޮށްދިނުމާއި އަތޮޅުގެ މާލީ ތަނަވަސްކަން ރައްޔިތުންނަށް ހޯދައިދިނުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށް ފަހި ގޮތްތަކެއް ހޯދުމަށް ބާއްވާ މަހާސިންތާއެކެވެ.
މި މަހާސިންތާގެ ބައިވެރިން ވަނީ 2040 ގެ ތަޞައްވަރު އެކުލަވާލާފައެވެ. އަދި އެޞައްވަރު ތަންފީޒުކުރުމަށް ހދ.އަތޮޅަށް ނިސްބަތްވާ 3 މެންބަރުންނާއި އަތޮޅު ކައުންސިލްގެ މެންބަރުން ވަނީ އަހުދު ނާމާއެއްގައި ސޮއިކުރައްވާފައެވެ.
މިއަހުދު ނާމަގައި ސޮއިކުރެއްވީ ހދ. އަދޮޅަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންނަކީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޢަފޫރު މޫސާއާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދު ﷲ ގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އެވެ.

މިއަހުދު ނާމާގައި ހދ. އަދޮޅު ކައުންސިލުގެ ރައީސް މުހައްމަދު ސިރާޖުގެ އިތުރުން ނައިބު ރައީސް އަމީން މުހައްމަދު ވަނީ ސޮއިކުރައްވާފައެވެ.

ކައުންސިލުތަކުން އަހުދު ނާމާގައި ސޮއިކުރަށްވާފައިވާ ފަރާތްތައް
- ކުޅުދުއްފުށި ސިޓީގެ މޭއަރ
- ހަނިމާދޫ ކައުންސިލްގެ ރައީސް
- ފިނޭ ކައުންސިލްގެ ރައީސް
- ނައިވާދޫ ކައުންސިލްގެ ރައީސް
- ހިރިމަރަދޫ ކައުންސިލްގެ ރައީސް
- ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް
- ނެއްލައިދޫ ކައުންސިލްގެ ރައީސް
- ނޮޅިވަރަމް ކައުންސިލްގެ ރައީސް
- ކުރިނބީ ކައުންސިލްގެ ރައީސް
- ނޭކުރެންދޫ ކައުންސިލްގެ ރައީސް
- ވައިކަރަދޫ ކައުންސިލްގެ ރައީސް
- މަކުނުދޫ ކައުންސިލްގެ ރައީސް


