ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު، އެސްޓީއޯއިން ވިއްކާ ތެލުގެ އަގުވެސް ބޮޑުކޮށްފި

ޚަބަރު ފަހުގެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު، އެސްޓީއޯއިން ވިއްކާ ތެލުގެ އަގުވެސް ބޮޑުކޮށްފި އެވެ.

އެސްޓީއޯ އިން ބުނީ ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު، ފާއިތުވި ހަތް އަހަރު ދުވަހު ބޮޑުނުވާ މިންވަރަށް ބޮޑުވެފައިވާ ކަމަށް ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެސްޓީއޯ އިން ބުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއެކު، އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ތެލުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ގެންދިއުމަށްޓަކައި މިއަދުން ފެށިގެން ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 11.16 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޑަރެއް 11.84 ރުފިޔާ އަށެވެ. ކުރިން ޕެޓްރޯލް ލީޓަރެއް 10.75 ރުފިޔާއަށް ވިއްކަމުން ދިޔަ އިރު، ޑީސަލް ލީޓަރެއް ވިއްކީ 10.95 ރުފިޔާ އަށެވެ.

އެހެންކަމުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 41 ލާރި އަދި ޑީސަލް ލީޓަރަކުން 89 ލާރި ވަނީ ބޮޑުކޮށްފަ އެވެ.

އެސްޓީއޯ އިން ބުނީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ވީހާވެސް ފަސޭހަ ގޮތެއްގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމަށް ކަމަށެވެ.

އެސްޓީއޯއިން ތެލުގެ އަގު ބޮޑުކޮށްފައިވާއިރު މިއީ މިއަހަރުގެ ތެރޭގައި އެކުންފުނިން ތެލުގެ އަގު ބޮޑުކުރި ހަތަރު ވަނަ ފަހަރެވެ. އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގު ބޮޑު ކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ