ހަނިމާދޫ ސްކޫލް 2021 – 2022 ގެ އިފްތިތާހީ ޖަލްސާ ކުރިއަށް ގެންގޮސްފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ސްކޫލް 2021 – 2022 ގެ އިފްތިތާހީ ޖަލްސާ ކުރިއަށް ގެންގޮސްފިއެވެ. މި ހަފުލާ ކުރިއަށް ގެންގޮސްފައިވަނީ ރޭ ހަނިމާދޫ ސްކޫލްގައެވެ.

މި ހަފުލާ ޝަރަފުވެރި ކޮށްދެއްވީ ހދ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ސިރާޖުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރޭގެ ހަފުލާގައި ވަނީ 2021 – 2022 ށް ޕްރިފެކްޓް ގޮތުގައި ހޮވިފައިވާ ދަރިވަރުން މަގާމުގެ ހުވާ ކޮށްފައެވެ. ރޭވަނީ 58 ޖޫނިޔާ ޕްރިފެކްޓުންނާއި 16 ޕުރިފެކްޓުން، އަދި 27 ސިނިޔާ ޕުރިފެކްޓުން މަގާމުގެ ހުވާ ކޮށްފައެވެ. މިދަރިވަރުންނަށް މަގާމުގެ ހުވާ ލައިދެއްވީ ހަނިމާދޫ ސްކޫލް ޤުރުއާން މުދައްރިސް މިދުޙަތު އިރުފާން އެވެ.

މީގެ އިތުރުން ރޭ ވަނީ ހަނިމާދޫ މިއަހަރުގެ ކެޕްޓަނާ ވައިސް ދެ ކެޕްޓަނުގެ އިތުރުން އެ ސްކޫލްގެ ކުލަބުތަކާ ހައުސް އަދި އިތުރު ހަރަކާތް ތަކުގައި ހަރަކާތެރިވާ އިސްދަރިވަރުން އެކުދިންގެ މަސްއޫލިއްޔަތުގެ އިގުރާރުގައި ސޮއި ކޮށްފައެވެ.

އަދި 2020 – 2021 ގެ ޕީޓީއޭގައި ހަރަކާތްތެރި ވެފައިވާ ފަރާތްތަކާ ބޯޑުގައި ހަރަކާތްތެރި ވެފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ވަނީ ހަދާނީ ލިޔުން އަރުވާފައެވެ. ހަމަ އެއާއެކު 2021 – 2022 ގެ ބޯޑް އަދި ޕީޓީއޭ މެންބަރުންނަށް ވަނީ އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ހަވާލު ކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ