ހދ.އަތޮޅު ޤުރުއާން އޮޑިޝަން 2021 ގައި ވާދަކުރާ ހަނިމާދޫ ދަރިވަރުން މިރޭ ކިޔަވާނެ

ހަނިމާދޫ ޚަބަރު ފަހުގެ

ހދ.އަތޮޅު ޤުރުއާން އޮޑިޝަން 2021 ގައި ވާދަކުރާ ހަނިމާދޫ ދަރިވަރުން މިރޭ ކިޔަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި އޮޑިޝަނާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރަމުން ހަނިމާދޫ ކައުންސިލްގެ ނައިބުރައީސް ފިރާގް މުހައްމަދު ވިދާޅުވީ ހދ.އަތޮޅު ޤުރުއާން އޮޑިޝަން 2021 ގައި ވާދަކުރާ ހަނިމާދޫ ދަރިވަރުން މިރޭ 20:30 ން 22:30 ދެމެދު ކިޔަވަން ހަޖެހިފައިވާކަމަށާ އެކުދިން ކިޔަވަމުން ދާއިރު ހަނިމާދޫ ކައުންސިލް ފޭސްބުކް ޕޭޖުން ދުރަށް ކިޔެވުން ފޮނުވަމުން ދާނެކަމަށް ފިރާގު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަނިމާދޫން 10 ދަރިވަރުން މި އޮޑިޝަން ގައި ވާދަކުރާނެއެވެ. ނުބަލާ ކިޔަވާ ގޮފިން ކިޔަވާނީ 2 ދަރިވަރުންނެވެ. އެއީ 12 އަހަރު ދަށުން އުމުރުފުރައިން އައްޔޫބު ޢަބްދުލް ﷲ ރަސީދު އާއި 9 އަހަރުން ދަށުގެ އުމުރު ފުރައިން އިނާލް މުޙައްމަދު ޝަހީމް އެވެ.

ބަލައިގެން ކިޔަވާ ގޮފީގައި 8 ދަރިވަރުން ވާދަކުރާނެއެވެ. 6 އަހަރުން ދަށުގެ އުމުރުފުރައިން މާޒިން އަބްދުލް މުޙްސިން ވާދަކުރާއިރު 12 އަހަރުން ދަށުގެ އުމުރުފުރައިން ތިން ދަރިވަރުން ވާދަކުރާނެއެވެ. އެއީ އާޔާ ޢަލީ އާއި ފާތިމަތު މާޝާ ބިންތި އަޙްމަދު އަދި އާމިނަތު ނަޒާތު ޝާހިދު އެވެ. އަދި 15 އަހަރު ދަށުގެ އުމުރުފުރައިން 4 ދަރިވަރުން ވާދަކުރާނެއެވެ. އެއީ ޝާޔާ އަޙްމަދު ރަޢޫފް، މަރިޔަމް އިބާ، ޝަރާ މުޙައްމަދު ރާޟީ އަދި ޒަހާ ޖައުފަރު އެވެ.

ހދ.އަތޮޅު ޤުރުއާން އޮޑިޝަން 2021 ގައި ވާދަކުރާ ހަނިމާދޫ ދަރިވަރުންނަށް ފުރިހަމަ ކާމިޔާބީއަކަށް ގޮށްކޮޅުގެ ޓީމުން އެދެމެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ