ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ހދ.އަތޮޅު ކައުންސިލް ތަމްސީލުކުރާނެ ބައިވެރިން ހޮވައިފި

ޚަބަރު ފަހުގެ

ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ތިލަދުންމަތީ ދެކުނުބުރި ތަމްސީލު ކުރާނެ ބައިވެރިން ކަނޑައެޅުމަށް ހދ. އަތޮޅުގެ ރަށްރަށުގައި މެދުގައި ބޭއްވުނު އަތޮޅު ޤުރުއާން އޮޑިޝަން ނިމިއްޖެއެވެ.

ހދ. އަތޮޅުގެ 10 ރަށުންނާއި އަދި ކުޅުދުއްފުށީ ސިޓީ ހިމެނޭ ގޮތަށް ކުރިއަށް ގެންދެވުނު މި އޮޑިޝަންގައި މިއަހަރު 6 ޢުމުރުފުރާއަކުން ޖުމްލަ 131 ބައިވެރިން ވާދަކޮށްފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެގޮތުން ހދ ހަނިމާދޫ އިން 10 ބައިވެރިންނާއި، ނައިވާދޫން 7 ބައިވެރިންނާއި، ހިރިމަރަދޫން 7 ބައިވެރިންނާއި، ނޮޅިވަރަންފަރުން 12 ބައިވެރިން ބައިވެރިވެފައިވެއެވެ. މީގެއިތުރުން، ނެއްލައިދޫން 12 ބައިވެރިން، ނޮޅިވަރަމުން 12 ބައިވެރިން، ކުރިނބީން 7 ބައިވެރިން، ނޭކުރެންދޫން 9 ބައިވެރިން، ވައިކަރަދޫން 12 ބައިވެރިން، މަކުނުދޫން 10 ބައިވެރިން އަދި ކުޅުދުއްފުށީ ސިޓީއިން 33 ބައިވެރިއަކު ބައިވެރިވެފައި ވެއެވެ.

އޮންލައިން ކޮށް ކުރިއަށް ގެންދެވުނު މި ފަހަރުގެ އޮޑިޝަންގައި ނުބަލާ ކިޔެވުމުގެ ބައިގައި 41 ބައިވެރިން، އަދި ބަލައިގެން ކިޔެވުމުގެ ބައިގައި 90 ބައިވެރިއަކު ބައިވެރިވެފައި ވެއެވެ.

ނުބަލާ ކިޔެވުމުގެ ބަޔާއި އަދި ބަލައިގެން ކިޔެވުމުގެ ބައި ވަކިން ވާދަ ކުރެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދެވުނު މި އޮޑިޝަންގައި ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ޖުމްލަ 30 ބައިވެރިއަކު ހޮވިފައިވެއެވެ.

ނުބަލާ ކިޔެވުމުގެ ބައިގައި ވާދަކުރުމަށް ހޮވިފައިވާ ބައިވެރިން

  1. ނަވާރު ބިންތު އަޙްމަދު ސާނީޒް (ނެއްލައިދޫ)
  2. ޢަޒާ ޢަބްދުﷲ ޝަރީފް (ނޮޅިވަރަން)
  3. އަމީން ފަޟީލް (މަކުނުދޫ)
  4. މުޙައްމަދު ލަސަން ފަޟީލް (ކުޅުދުއްފުށި ސިޓީ)
  5. މިންޙާ މުޙައްމަދު (ނޮޅިވަރަން)
  6. ފައިޙާ ޢަބްދުﷲ ޢަޤީލް (ވައިކަރަދޫ)
  7. ރީޝާ އަޙްމަދު އަނީލް (ނޮޅިވަރަން)
  8. މުޙައްމަދު އާއިޒް (ނެއްލައިދޫ)
  9. ރައުޙާ ޙުސައިން (ނޮޅިވަރަން)
  10. އަޙްމަދު އަޠޫފް މުޙައްމަދު (ކުޅުދުއްފުށި ސިޓީ)

ބަލައިގެން ކިޔެވުމުގެ ބައިގައި ވާދަކުރުމަށް ހޮވިފައިވާ ބައިވެރިން

  1. ތުޤާ ބިންތި ފައިސަލް (ނޮޅިވަރަންފަރު)
  2. އާމިނަތު ޢާލިޔާ ޢަބްދުއްރަޝީދު (ނޮޅިވަރަންފަރު)
  3. ޢިޝާ އަޙްމަދު އަޝްރަފް (ނެއްލައިދޫ)
  4. ޢާއިޝަތު ޔަނާ (ނޮޅިވަރަން)
  5. މިޒްޙާ މުޙައްމަދު (ނޮޅިވަރަން)
  6. ނަހާ މުޙައްމަދު ނަޞީރު (މަކުނުދޫ)
  7. ސާރާ މުޙައްމަދު (ވައިކަރަދޫ)
  8. މަލާކް ރަޝީދު (ވައިކަރަދޫ)

. ޢަބްދުﷲ ފަޝީހް (ނޮޅިވަރަންފަރު)

  1. ޝައްމާ މުޙައްމަދު (ނޮޅިވަރަން)
  2. ފާޠިމަތު ނަބާތު (ނޮޅިވަރަން)
  3. ރާޔާ އަންވަރު (މަކުނުދޫ)
  4. ޝުރުފާ އިބްރާހީމް ޝަރީފް (މަކުނުދޫ)
  5. ރަނާ އިބްރާހީމް (ކުޅުދުއްފުށި ސިޓީ)
  6. މަރްޔަމް ޙަސަން (ކުޅުދުއްފުށި ސިޓީ)
  7. ރިހާމް މުޙައްމަދު ފައިޞަލް (ކުޅުދުއްފުށި ސިޓީ)
  8. މާޔާ މުޙައްމަދު (ނޮޅިވަރަން)
  9. މުޙައްމަދު ލަހްފާން ލުޠުފީ (ކުޅުދުއްފުށި ސިޓީ)
  10. ފާޠިމަތު ނިހާލް މުޙައްމަދު (ވައިކަރަދޫ)
  11. އާމިނަތު ލީނާ (ނެއްލައިދޫ)

މިއޮޑިޝަންގައި ފަނޑިޔާރުކަން ކޮށްދެއްވަނީ އަލްޤާރީ މުޙައްމަދު ޢާމިރު އަދި އަލްޤާރިޔާ ޢާއިޝަތު ޖައުޝަން ޢިމާދެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ