ކެންދޫއާ، ހެނބަދޫ ސްކޫލްގެ ހޯލް އިމާރާތް ކުރަން ވީ އަވާ އިންވެސްޓްމަންޓަށް

ޚަބަރު ފަހުގެ

ބ. ކެންދޫ ސްކޫލާއި ނ. ހެނބަދޫ ސްކޫލް މަލްޓި ޕާޕަސް ހޯލް އިމާރަތް ކުރުމުގެ މަސައްކަތް ވީ އަވާ އިންވެސްޓްމަންޓާއި ހަވާލު ކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެގްރިމެންޓްގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަޙްމަދު ރިޔާޒް އެވެ. ވީ އަވާ އިންވެސްޓްމެންޓްގެ ފަރާތުން މި އެގްރިމެންޓްގައި ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރު އާޔަތުﷲ ހުސައިން އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި އެއްބަސްވުމުގެ ދަށުން ކެންދޫ ސްކޫލްގެ ހޯލު އިމާރާތް ކުރުމާއި އެ ސްކޫލް އަޕްގްރޭޑު ކުރުމުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވެ އެވެ. މި ދެ މަސައްކަތް ހަވާލުކޮށްފައިވަނީ 15.6 މިލިއަން ރުފިޔާ އަށެވެ.

ހެނބަދޫ ސްކޫލްގެވެސް ދެ މަސައްކަތެއް އެ ކުންފުންޏާއި ހަވާލުކޮށްފައިވެ އެވެ. އެއީ މަލްޓި ޕާޕަސް ހޯލް އިމާރާތް ކުރުމާއި، ސްކޫލްގައި 10 ކްލާސްރޫމް އިމާރަތް ކުރުމުގެ މަސައްކަތެވެ.

މި ދެ މަސައްކަތް ހަވާލުކޮށްފައިވަނީ 15.2 މިލިއަން ރުފިޔާގެއަށެވެ.

މި ދެ ސްކޫލުގެ މަސައްކަތަކީވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ވީ އަވަރ އިންވެސްޓްމެންޓާއި 365 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރެވުނު މަސައްކަތެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ