ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު އަތުލައިގެންފިއެވެ.
މިދިޔަ އަންގާރަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުން ހައްޔަރުކުރީ ބްރެޒިލްގެ ދެ މީހުންނެވެ. ހައްޔަރުކުރީ ޢުމުރުން 28 އަހަރުގެ މީހަކާއި، 37 އަހަރުގެ އަންހެނެކެވެ.
މަސްތުވާތަކެތި ފެނިފައިވަނީ ފިރިހެން މީހާގެ ލަގެޖުންނެވެ. އަތުލައިގަތް މަސްތުވާތަކެތީ ބަރުދަނުގައި ޕެކިނާއެކު 18.857 ކިލޯ ހުއްޓެވެ.
މި ދެ މީހުންގެ ތެރެއިން ފިރިހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހާފައެވެ. އަންހެން މީހާގެ ބަންދަށް ޖެހީ 07 ދުވަހެވެ.


