ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތްތައް މެދުކަނޑިއްޖެއެވެ.
ބީއެމްއެލްއިން ބުނެފައިވަނީ، ސިސްޓަމް އަޕްގްރޭޑިންގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހިދުމަތްތަކަށް ބުރޫއަރާފައިވާކަމަށެވެ.
ވީއެންމެ އަވަހަކަށް މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް ބިއެމްއެލްއިން ބުނެފައިވެއެވެ.
ބޭންކްގެ ހިދުމަތްތައް މެދުކެނޑިފައިވާއިރު ސޯޝަލްމީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ އެފަރާތްތަކުގެ އެކައުންޓްގައި އެއްވެސް ފައިސާއެއް ނެތްކަމަށް ބީއެމްއެލް މޯބައިލް އެޕުން ފެންނަ ސްކްރީންޝޮޓްތައް ހިއްސާކުރަމުންނެވެ.
ރޭ ދަންވަރުގެ ވަގުތެއްގައި ވެސް ބީއެމްއެލްއިން ވަނީ އަޕްގްރޭޑިންގެ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައެވެ.


