ހއ. ބަރަށު ސްކްގެ ޕްރިންސިޕަލްގެ ސައިކަލުގައި ބަޔަކު ރޯކޮށްލައި އަންދާލައިފި އެވެ.
ބާރަށު ކައުންސިލް ރައީސް ސޮފްއަތު މުހައްމަދު ވިދާޅުވީ އެރަށު ސްކޫލް ޕްރިންސިޕަލްގެ ސައިކަލުގައި ބަޔަކު ރޯކޮށްލާފައިވަނީ ރޭ ދަންވަރު 2:45 ހާއިރު ކަމަށެވެ.
ސޮފްއަތު ވިދާޅުވީ އެރަށު ސްކޫލް ޕްރިންސިޕަލް އަކީ ނ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ މީހެއް ކަމަށެވެ. އަދި ބާރަށު މީހަކާއި ޒުވާބު ކޮށް ނުވަތަ އެވަރުގެ ގެއްލުމެއް ދޭނެ ވަރުގެ ކަމެއް ޕްރިންސިޕަލްގެ ފަރާތުން ހިނގާފައިވާ ކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
ސޮފްއަތު ވިދާޅުވީ ސައިކަލްގައި ބަޔަކު ރޯކޮށްލާފައިވަނީ ޕްރިންސިޕަލް ދިރިއުޅޭ ގެ ކައިރީގައި ޕާކް ކޮށްފައި ހުއްޓާ ކަމަށާއި ސައިކަލް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.


