ބޯހިމެނުމުގެ މަސައްކަތަށް ޔުނިސެފުން 100 ޓެބްލެޓް ދީފި

ޚަބަރު ފަހުގެ

އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ މަސައްކަތަށް ޔުނިސެފުން 100 ޓެބްލެޓް ހަދިޔާކޮށްފި އެވެ.

ޔުނެސެފް އިން ސްޓެޓިސްޓިކްސް ބިއުރޯއަށް މި ޓެބްލެޓްތައް ހަދިޔާކޮށްފައިވަނީ އިއްޔެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރާއްޖޭގެ އާބާދީ އާއި މީހުން ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން އަންނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 17 ން 30 އަށް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ ހާމަކޮށްފަ އެވެ.

ރާއްޖޭގައި ކޮންމެ 10 އަހަރަކުން އެއް އަހަރު ބޯހިމަނައެވެ. އެންމެފަހުން ބޯހިމަނާފައިވަނީ 2014 ވަނަ އަހަރުއެވެ. އެފަހަރުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން ރާއްޖޭގައި 402،071 މީހުން ދިރިއުޅެއެވެ.

މިފަހަރުގެ ބޯހިމެނުމުގެ ޝިއާރަކީ “މީ އަހަރުމެންގެ ބޯހިމެނުން- އަހަރެންވެސް ބައިވެރިވާނަން” އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ