ހަނިމާދޫ ފަރުމައްޗައް އުރުނު “ރޯދި” ފުންކޮށްފިއެވެ.
އެދޯނި ހަނިމާދޫ ފަރުމައްޗަށް އުރުނީ ކުޅުދުއްފުށިން މުދާ ބަރު ކޮށްގެން ހަނިމާދޫއަށް ކުރި ދަތުރުގައި ހަނިމާދޫއަށް ވަންނަން އުޅުމުގެ ތެރޭގައެވެ. އެއީ ގާތްކަޑަކަށް 6:30 ހާއިރެވެ.
ރޯދި ފަރަށް އުރުނު ހަބަރު ހަނިމާދޫ ކައުންސިލަށް ލިބުމާއެކު ވަގުތުން އެކަމަށް ވަނީ އެޓެންޑްވާން ފަށާފައެވެ. އެގޮތުން 6:45 ހާއިރު ހާދިސާ ހިނގި ސަރަހައްދަށް ހަނިމާދޫ ކައުންސިލް ޓީމަކާ ހަނިމާދޫ ފުލުހުންގެ ޓީމެއް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފެށިއެވެ.
ހަދިސާ ހިނގިތާ ގަޑި އިރެއް ފަހުން ދިވެހި ސިފައިން ވަނީ ހަދިސާ ހިނގި ސަރަހަދަށް އައިސްފައެވެ. އެސަރަހައްދަށް އައުމައްފަހު މަންޒަރު ބަލަން ތިބުން ނޫން ކަމެއް ނުކުރާ ކަމަށް އެސަހައްދުގައި ހަރަކާތްތެރިވި ފަރާތަކުން މައުލޫމާތު ދެއެވެ.
ރޯދި ފުންކޮށް ހަނިމާދޫ ފަޅަށް ވައްދާފައި ވަނީ ރޭ ފަތިހު 4:00 ހާއިރުއެވެ.
ފޮޓޯ: ފިރާގް


