ސުޕްރީމް ކޯޓާއި ހައިކޯޓު ރިސެސްއަށް ހިނގައްޖެއެވެ.
ކޮންމެ އަހަރަކު ވެސް ޑިސެމްބަރު މަހު ކޯޓުތައް ރިސެސްއަށް ދާ އުސޫލުން ސުޕްރީމް ކޯޓާއި ހައި ކޯޓު ރިސެސްއަށް ގޮސްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހާ ހަމައަށެވެ.
ނަމަވެސް ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހަކީ މީލާދީ ގޮތުން އައު އަހަރު ފެށޭ ދުވަސް ކަމަށް ވެފައި، އެއީ ބަންދު ދުވަހަކަށް2 ވާތީ، ސުޕްރީމް ކޯޓާއި ހައިކޯޓު، އަލުން ހުޅުވޭނީ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުގައެވެ.
ރިސެސްގައިވާ މުއްދަތުގައި ގާނޫނުއަސާސީގެ ނުވަތަ ގާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހިފައިވާ ހާލަތެއްގައި ނުވަތަ ހުކުމް ކުރުމަށް ނޫނީ ދެ ކޯޓުގައި ވެސް އެއްވެސް އަޑުއެހުމެއް ނޯންނާނެއެވެ.


