ޔާމީން، ރައީސް ސޯލިހަށް: މުސްތަގިއްލު ކަމާއެކު ވެރިކަން ނުކުރެވޭނަމަ އަވަހަށް ފައިބާ!

ޚަބަރު ފަހުގެ ސިޔާސީ

މުސްތަގިއްލު ކަމާއެކު ވެރިކަން ނުކުރެވޭ ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުން އަވަހަށް ފައިބަންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކާނިވާ ސަރަހައްދުގައި ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ވެރިކަމުގައި އޮތީ ސިއްކަ ޖެހިފައި ކަމަށާއި، ވެރިކަން ފެށުނީވެސް ސިއްކަ ޖެހިގެން ކަމަށެވެ. އަދި މިހާރު ނޮވެމްބަރު ތިނެއްވެސް އެއީ ފާހަގަކުރާ ދުވަހަކަށް ނުވާކަމަށާއި، އެހެން ނަމަވެސް އެ ދުވަހު ޝަހީދުވެގެންދިޔަ ދިވެހި ސިފައިންގެ ހަނދާން އާކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަދި މިއަދު އެ ދުވަސް ފާހަގަ ނުކުރިޔަސް މިހާރު ވެރިކަމުގައި ތިބި ފަރާތްތަކަށް ހެޔޮ ކަމަށާއި، އެހެން ނަމަވެސް ސިފައިންނަކީ ރާއްޖޭގެ ރައްކާތެރިކަން ބަލަހައްޓާ މީހުން ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ނިދަން ދަމުން ރަށުގެ ތަޅުދަނޑި ހަވާލުކުރަނީ އެމީހުންނަށް ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިއަދު އޭގެ ދެ ތަޅުދަނޑި ގެންގުޅޭކަމަށާއި، އެއް ތަޅުދަނޑި އިންޑިއާގެ އަތުގައި އޮންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ރާއްޖޭގެ ތަޅުދަނޑި އެހެން ބަޔަކާ ހަވާލުކޮށްފައި ނިދަން ދާއިރު، ދެން ރާއްޖޭގައި އަމަނެއް ނޯންނާނެ ކަމަށެވެ. އަދި އެއްވެސް ވެރިކަމެއްގައި މިކަހަލަ ޑުޕްލިސިޓީއެއް ނޯންނާނެ ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަމާޒުކޮށް އެމަނިކުފާނު ވިދާޅުވީ ވެރިކަމެއް ކުރަންޏާ ކުރަންވާނީ މުސްތަގިއްލު ވެރިކަމެއް ކަމަށެވެ. އަދި އެހެން ނޫންނަމަ ވެރިކަމުން ފައިބަން އެމަނިކުފާނު ގޮވާލެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ