ރިވެލި އެވޯޑު ހަ ފަރާތަކަށް ދީފި

ޚަބަރު ފަހުގެ

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މި ދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ ރިވެލި އެވޯޑު ހަ ފަރާތަކަށް ދީފި އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރިވެލި އެވޯޑު ޙަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރިވެލި އެވޯޑު ހާސިލުކުރެއްވި ފަރާތްތަކަކީ:

1- އަހުމަދު ސާދިން
ދާއިރާ: ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ

2- މުހައްމަދު ޔަމާމް
ދާއިރާ: ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިން

3- އަލްހާފިޒު މުހައްމަދު އަޝްހަމް އަލީ،
ދާއިރާ: ރާއްޖެއަށް އެކި ގޮތްގޮތުން ރީތިނަން ހޯދައި ދެއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ

4- އަހުމަދު އާތިފް
ދާއިރާ: ފަންނީ ދާއިރާ

5- ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދާއިރާ: ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމުގެ ދާއިރާ

6- ޖަމާލުއްދީން ސްކޫލް
ދާއިރާ: ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާ

މީގެއިތުރުން މި ރަސްމިއްޔާތުގައި ވަނީ ރިވެލި ތަރި އެވޯޑު ހާސިލުކުރި ފަރާތްތަކަށް ވެސް އެވޯޑު ދީފަ އެވެ. ރިވެލި ތަރި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތައް ދައްކާލާ، ހިތްވަރުދީ، ކުރިއެރުވުމުގެ މަގުސަދުގައި ދޭން ފެށި އެވޯޑެކެވެ.

ރިވެލި ތަރި އެވޯޑު ލިބުނު ފަރާތްތައް:

1- މުނިފޫހިފިލުވުމުގެ ދާއިރާއިން: އަޔާން އާލް ބިން އަޙްމަދު ނާޞިރް

2- ކުޅިވަރުގެ ދާއިރާއިން: ފާޠިމަތު އިބްރާހީމް

3- ކުރެހުމާއި އުފެއްދުންތެރިކަމުގެ ދާއިރާއިން: އަޙްމަދު ސާދިން

4- ކުރެހުމާއި އުފެއްދުންތެރިކަމުގެ ދާއިރާއިން: ޙުސައިން ސާލިމް

5- ތަޢުލީމީ ދާއިރާއިން: ރަޔާން ރިޔާޟް ޢަބްދުލްވާޙިދު

6- ތަޢުލީމީ ދާއިރާއިން: މުޙައްމަދު މާޢިޒު

7- ސްކޫލް ކެޓެގަރީ އިން: އިމާދުއްދީން ސްކޫލް

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ