މުޅިރާއްޖެއިން 218 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ހަނިމާދޫން 16 މީހުން ކޮވިޑަށް ޕޮޒިޓިވެއްޖެއެވެ.
މިއީ މި ފަހުން މި ބައްޔަށް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ ދުވަހެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 93،063 އަށް އަރާފައެވެ.
މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާއި ހަވާލާދީ އެޗް.ޕީ.އޭ އިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 20 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުންނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 188 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. އަތޮޅުތެރޭގެ ރަށްތަކުން މިއަދު އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ ދ. ކުޑަހުވަދޫ އާއި ހއ. ދިއްދޫ އާއި ހދ. ހަނިމާދޫގެ އިތުރުން ނ. މާފަރާއި ތ. ވިލުފުށިންނެވެ.
ރިސޯޓްތަކުން 10 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 3،246 ސާމްޕަލް އެވެ.
މިއަދުގެ ޕޮޒިޓިވް ނަންބަރުތައް
މާލެ ސަރަހައްދުން؛ 20 މީހުން
ދ. ކުޑަހުވަދޫ އިން؛ 26 މީހުން
ހއ. ދިއްދޫ އިން؛ 21 މީހުން
ހދ. ހަނިމާދޫ އިން؛ 16 މީހުން
ނ. މާފަރުން؛ 29 މީހުން
ތ. ވިލުފުށިން؛ 27 މީހުން
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،933 މީހުންނެވެ. މިހާތަނަށް 90،861 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 15 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
މިއަދާ ހަމައަށް 257 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ. މިއަދު މި ބަލީގައި މީހަކު މަރުވީ އައްޑޫ އިންނެވެ.



