ހއ.ދިއްދޫ ނެރުން ވަންނަން ދިޔަ ދޯންޏެއް ފަރަށް އަރާ އަޑިއަށް ހިނގައްޖެ

ޚަބަރު ފަހުގެ

ހއ.ދިއްދޫ ނެރުން ވަންނަން ދިޔަ ދޯންޏެއް ފަރަށް އަރާ އަޑިއަށް ހިނގައްޖެއެވެ.

މީޑިއާ އަށް މައުލުމާތު ދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މިއަދު މެންދުރު 12:30 ހާއިރު އަޑިއަށް ދިޔައީ ހއ. އުތީމުން ދިއްދޫ އަށް ދަތުރުކުރި ދޯންޏެއް ކަމަށެވެ. ދޯނި އަޑިއަށް ދާން މެދުވެރިވީ، ދޯނި ނެރުން ވަންނަން ދިޔަ ގަޑީގައި ނެގި ރާޅަކާ ގުޅިގެން، ނެރު ކައިރީގައި ހުރި ހިލަތަކުގައި ޖެހިގެން ކަމަށް ކައުންސިލްގެ ރައީސްވަނީ ވިދާޅުވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ދޯނި އަޑިއަށް ދިޔަވަގުތު ދޯނީގައި ހަމީހުން ތިބި ކަމަށާއި އެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ދިއްދޫ ކައުންސިލުން މައުލޫމާތުދެއެވެ.

ކައުންސިލުން ވިދާޅުވީ މިހާރު އެދޯނި ފުންކުރެވިފައިވާ ކަމަށާއި ދޯންޏަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައި ވާކަމަށެވެ.

އެ ދޯންޏަކީ އުތީމު ރައްޔިތުން ބޭސްފަރުވާ ކުރުމަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ދިއްދޫއަށް ދަތުރު ކުރާ ދޯންޏެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ