ޕެޓްރޯލް ލިބުން ދަތިވެ، އެފްއެސްއެމް އިން ޕެޓްރޯލް ވިއްކުން ކޮންޓްރޯލްކޮށްފި

ޚަބަރު ފަހުގެ

ރާއްޖެއަށް ތެޔޮ އެތެރެކޮށް ވިއްކާ އަމިއްލަ ދެ ކުންފުންޏެއްގެ ސްޓޮކް ހުސްވުމާއި ގުޅިގެން، ފިއުލް އެންޑް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އިން ޕެޓްރޯލް ވިއްކުން ކޮންޓްރޯލް ކޮށްފިއެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ރާއްޖޭގެ ގިނަ މީޑިއާތަކަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މިވަގުތު ޕެޓްރޯލު ވިއްކުން ކޮންޓްރޯލު ކޮށްފައިވަނީ، އެސްޓީއޯ ފިޔަވައި ރާއްޖޭގައި ތެޔޮ އެތެރެކުރާ އަމިއްލަ ދެ ކުންފުނިން ތެޔޮ ހުސްވުމާއި ގުޅިގެންނެވެ. އެއީ ވިލާ ހަކަތަ އާއި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުން އެތެރެކުރާ ތެޔޮ ޝިޕްމެންޓް ހުސްވުމާއި ގުޅިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ގަސަމް ވިދާޅުވީ، އެ ދެ ކުންފުނިން ޕެޓްރޯލު ސްޓޮކް ހުސްވެގެން، އެ ފަރާތްތަކުން ގަންނަމުން އައި ހުރިހާ ކަސްޓަމަރުން މިހާރު އެފްއެސްއެމް އަތުން ގަންނަމުން ދާ ކަމަށެވެ. އަދި އެއްފަހަރާ އެގޮތަށް އެފްއެސްއެމް އަތުން ގަންނަން ފެށުމުން، ޕެޓްރޯލް ވިއްކުން ކޮންޓްރޯލް ކުރީ ކަމަށް ގަސަމް ވިދާޅުވިއެވެ.

ގަސަމް އިތުރަށް ވިދާޅުވީ، އެ ދެކުންފުންޏަށް ތެޔޮ ލިބެންދެން އެފްއެސްއެމް އިން ވިއްކާނީ ކޮންޓްރޯލުކޮށްގެން ކަމަށެވެ. އަދި ކުރިއަށް އޮތް ހަތަރު، ފަސް ވަރަކަށް ދުވަސް ތެރޭގަ މިކަމަށް ހައްލެއް އަންނާނެ ކަމަށް ބެލެވޭ ކަމަށް ގަސަމް ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ