އެފްއެސްއެމްގެ ބާޖެއް ރަންނާޅި ރިސޯޓު ކައިރީ އޮތް ފަރަށް އަރައިފި

ޚަބަރު ފަހުގެ

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ބާޖެއް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ބާޖު ފަރަށް އެރީ ކ. އަތޮޅުގައި ހިންގާ ރަންނާޅި ރިސޯޓު ކައިރީގައި އޮންނަ ފަރަކަށް ކަމަށެވެ. ބާޖެ ފަރަށް އެރީ ރޭގެ ވަގުތެެއްގައި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ ބާޖަކީ24 މީޓަރުގެ ދިގު ބާޖެކެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. އަދި ބާޖުން މިހާތަނަށް މޫދަށް ތެޔޮ ލީކުވެފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފް ކޯސްޓުގާޑުން ދަނީ އުޅަނދު ފުންކުރުމަށް އެހީތެރިވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ