މާލޭގެ ރައްކާތެރޮކަން ޔަޤީން ކުރުމަށް ފުލުހުންނާއި ސިފައިންގެ ‘ގުޅިގެން’ އޮޕަރޭޝަން ފަށައިފި

ޚަބަރު ފަހުގެ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި ފުލުހުން ގުޅިގެން މާލޭގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މާލޭގެ އަމާންކަމާއި ރައްކާތެރިކަން ޔަޤީން ކުރުމުގެ ގޮތުން، ފުލުހުން އެދިގެން އެމްއެންޑީއެފްއާއެކު ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިކަމާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

މާލޭގެ އެކި ސަރަަަހައްދުގައި މިރޭގެ ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވި މަންޒަރުވަނީ ފެނިފައެވެ.

ސިފައިންނާއި ފުލުހުން ގުޅިގެން ޚާއްސަ އޮޕަރޭޝަނުން ހިންގަމުން ދާއިރު، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުުހުން ހިންގި އެންޓި-ޓެރެރިޒަމްގެ އޮޕަރޭޝަނެއްގައި މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ އޮޕަރޭޝަނާ ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޓެރަރިޒަމްގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިޔަ ކަމަށް ބައެއް ނޫސްތަކުން ކްރިމިނަލް ކޯޓަށް ހަވާލާދީ ރިޕޯޓް ކުރިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ