ޓާޝަރީ ހަތަރު ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން ޓެންޑަރަށް ހުޅުވާލައިފި

ޚަބަރު ފަހުގެ

މި ސަރުކާރުގެ އެންމެ މުހިންމު ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ވައުދުކަމުގައިވާ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ހޮސްޕިޓަލު ގާއިމުކުރުމުގެ ވައުދުގެ ތެެރެއިން ޓާޝަރީ ހަތަރު ހޮސްޕިޓަލެއްގެ ޑިޒައިނާއި ބީއޯކިއު ހޯދަން ޓެންޑަރަށް ލައިފިއެވެ.

މިއަދު ގެޒެޓްކޮށްފައިވަނީ ގދ. ތިނަދޫ، ޏ. ފުވައްމުލައް، އދ. މަހިބަދޫ އަދި ކުޅުދުއްފުށީގައި ގާއިމްކުރާ ޓާޝަރީ ހޮސްޕިޓަލްތަކުގެ ޓެންޑަރ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި އިއުލާނުތަކުގައި ބުނެފައިވާގޮތުގައި ޓާޝިއަރީ މި ހޮސްޕިޓަލްތައް ޑިޒައިންކޮށް ކުރެހުންތަކާއި، ބިލް އޮފް ކުއަންޓިޓީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެެއެވެ.

“މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 10 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުން ފެށިގެން 19 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން tender@health.gov.mv އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 26 ޖަނަވަރީ ބުދަ ދުވަހުގެ ހެނދުނު 12:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.” ހެލްތު މިނިސްޓްރީގެ ގެޒެޓުގައި ބުނެފައިވެއެވެ.

ޓާޝަރީ ހޮސްޕިޓަލްތަކުގެ ވާހަކަ ވަރަށް ފަހުންވެސް ރައީސް ސޯލިހް ދެއްކެވިއެވެ. އެގޮތުން ރާއްޖޭގެ ފަސް ސަރަހައްދުގައި ތަރައްގީކުރާ ފަސް ޓާޝަރީ ހޮސްޕިޓަލުގެ ސަބަބުން އަތޮޅުތެރޭ ރައްޔިތުން ބޭސްފަރުވާއަށް ކުރަންޖެހޭ ހަރަދު ސަލާމަތްކުރެވި، އެ ފަރާތްތަކަށް ގިނަ ފައިދާތަކެއް ކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ