ސިފައިންނާއި ފުލުހުން ގުޅިގެން މިހާރު ހިންގަމުންދާ އޮޕަރޭޝަން ހިންގަނީ ހަތިޔާރު ހޯދަން ނޫން

ޚަބަރު ފަހުގެ

ސިފައިންނާއި ފުލުހުން ގުޅިގެން މިހާރު ހިންގަމުންދާ އޮޕަރޭޝަން ހިންގަނީ ހަތިޔާރު ހޯދަން ނޫންކަމަށާއި، ގޭންގު ކުށްތައް ހުއްޓުވުމަށް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ހިންގާ މި އޮޕަރޭޝަން ފަށާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އެމްއެންޑީއެފް އިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ އޮޕަރޭޝަނަކީ މާލޭގައި އަމާންކަން ގާއިމް ކުރުމުގެ ގޮތުން ހިންގާ އޮޕަރޭޝަނެއް ކަމުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދާދިފަހުން ވިދާޅުވެފައިވަނީ ބަޔަކު ރުހުނަސް ނުރުހުނަސް މަސްތުވާ ތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތް ކުރައްވާނެ ކަމަށެވެ. އަދި ހަމައެއާއެކު ” ގޭންގު ކުށްތައް ހުއްޓުވުމަށް ގައުމީ ފެންވަރުގައި މަސައްކަތްކުރާ ޓާސްކު ފޯސް”ގެ ނަމުގައި ރައީސް ސޯލިހު ވަނީ ޓާސްކް ފޯހެއް އުފައްދަވާފައެވެ. އަދި އެއީ ސީދާ ރައީސް ސޯލިހުގެ ބެއްލެވުމުގެ ދަށުން ހިންގާ ޓާސްކްފޯހެކެވެ.

“ގުޅިގެން” އޮޕަރޭޝަނަކީ އެ ޓާސްކް ފޯހުގެ މަސައްކަތްތައް ތަންފީޒުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނެއް ކަމަށްވެސް ފުލުހުން މިއަދުވަނީ ބުނެފައެވެ.

އެމްއެންޑީއެފް އިން އިއްޔެ ބުނީ މިއީ ފުލުހުންގެ އެދުމުގެ މަތިން ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

“ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މާލޭގެ އަމާންކަމާއި ރައްކާތެރިކަން ޔަގީން ކުރުމުގެ ގޮތުން ފުލުހުންގެ އެދުމުގެ މަތިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެހީތެރިކަމާއެކު “ގުޅިގެން” މި ނަމުގައި ހާއްސަ އޮޕަރޭޝަނެއް 2022 ޖަނަވަރީ 9 ވަނަ ދުވަހު ވަނީ ފަށާފައެވެ.” އެމްއެންޑީއެފް އިން ރޭ ނެރުނު ނޫސް ބަޔާނުގައި ބުނެފައިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ