ކޮމަންޑޫ ކައިރީގައި އެއާޕޯޓެއް އަޅައިދޭނެކަމަށް ޔާމީން ވައުދުވެއްޖެ

ޚަބަރު ފަހުގެ

ށ. ކޮމަންޑޫ ކައިރީގައި އެއާޕޯޓެއް އަޅައިދޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވައުދުވެވަޑައިގެންފިއެވެ.

ރައީސް ޔާމީން އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު، މޫސާ ފަތުހީގެ ކެމްޕޭނަށް މިއަދު ހަވީރު އެރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. ޔާމީން ވިދާޅުވީ، ކޮމަންޑޫގެ އާބާދީގެ މައްސަލައަށް ހައްލެއް ހޯދޭނީ ޕީޕީއެމްގެ ސަރުކާރެއްގައި ކަމަށެވެ. އަދި އެ މަސައްކަތް އެމަނިކުފާނުގެ ވެރިކަމުގައި ފެއްޓެވި ކަމަށާއި، މި ސަރުކާރަށް ކޮމަންޑޫގެ ބޯހިޔާވަހިކަމުގެ މައްސަލަ ވިސްނިގެން މި އުޅެނީ އިންތިހާބަކަށް އައީމަ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޔާމީން ވިދާޅުވީ، އިންތިހާބަކަށް ނަޔަސް ރައްޔިތުންނަށް ބޭނުންވާ ކަންކަން އިހުސާސް ވުމުން ޕީޕީއެމްގެ ސަރުކާރުން އެކަންް ކޮށްދޭނެ ކަމަށެވެ.

“އަދި މިތާ ކައިރީގައި މި އޮތް ދިގުވެލިދޫއަކީ ޕީޕީއެމް ސަރުކާރެއްގައި ތިބޭފުޅުންނާ މާލެއާ އަދި ތިބޭފުޅުންނާ އެހެން ރަށްރަށާ ގާތް ކޮށްދޭނެ ވައިގެ ބަނދަރެއް އޮންނާނެ ރަށެއްކަމުގައި ތިބޭފުޅުން ގަބޫލުކުރައްވާ” ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނި ވިދާޅުވީ އެ ބައުދުވެވަޑައިގަންނަވަނީ ކަމަކަށް ޝަރުތުކޮށްފައި ނޫން ކަމަށެވެ. އަދި އެހެންކަމުން އެއާޕޯޓަކީ އެ ޕާޓީގެ ކެންޑިޑޭޓް ފަތުހީ ހޮވުމަށް ޝަރުތުކުރުމަށް ފަހު ވެވަޑައިގެންނެވި ވައުދެއް ނޫން ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ކޮމަންޑޫ ސަރަހައްދަކީ މަސްވެރި ރަށަކަށް ވާތީ އެރަށާ ކައިރީގައި އޮންނަ ށ. ކީކިމިނީ ފެކްޓްރީގެ ފައިދާ އެރަށު ރައްޔިތުންނަށް ލިބޭނެގޮތް ހަދައިދެއްވާނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ