އައްޑޫ ސިޓީއާ 3657 ކިލޯ މީޓަރު ދުރަށް ބިންހެލުމެއް އަތުވެއްޖެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ކުރި ޓްވީޓެއްގައި ވިދާޅުވީ، މި ބިންހެލުން އައިސްފައި ވަނީ އައްޑޫ ސިޓީއާ 3657 ކިލޯ މީޓަރު ދުރުން އިންޑޮނޭޝިއާގެ ސުންޑާ ސްޓްރޭޓަށް ކަމަށެވެ.
އަދި މިބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުފެންނަ ކަމަށް މެޓް އޮފީހުން ވިދާޅުވެފައި ވެއެވެ.


