ބ އަތޮޅު ފަޅުތަކާއި ފިނޮޅުތަކާއި ފަޅުރަށްތައް ހަވާލުކުރަން ކައުންސިލުން ގޮވާލައިފި

ޚަބަރު ފަހުގެ

ބ. އަތޮޅު ރަށްރަށުގެ އިހްތިސާސްގެ ތެރެއަށް ނުވަދެހުރި ހުރިހާ ފަޅުތަކާއި ފިނޮޅުތަކާއި އަދި ފަޅުރަށްތައް ބެލެހެއްޓުން ބ. އަތޮޅު ކައުންސިލާ ހަވާލުކުރުމަށް، ބ. އަތޮޅު ކައުންސިލުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލައި، ރޭ ގަރާރެއް ނެރެފި އެވެ.

ބ. އަތޮޅު ކައުންސިލުން މި ގަރާރު ނެރުނީ ބ އަތޮޅުގައި މިހާރު ބޭނުންކުރަށް ނުފަށާހުރި ފަޅުތަކާއި ފިނޮޅުތަކާއި އަދި ފަޅުރަށްތަކުގެ ހާލަތު ދެނެގަތުމަށް ކުރެވުނު މަސައްކަތުން ގިނަ ކަންތައްތަކެއް ފާހަގަކުރުމަށްފަހުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ބ. އަތޮޅު ކައުންސިލުން ބުނީ މިއަތޮޅުން މިހާރު ވަރުވާއަށް ދޫކޮށްފައިވާ ބައެއް ރަށްރަށް ކުނިއަޅައި ފުރާލާފައިވާ ކަމަށާއި އަދި ހުއްދަ ނުހޯދައި ބައެއް ރިސޯޓްތަކުން ފިނޮޅުތައް ބޭނުންކޮށް މާލީ މަންފާ ހޯދަމުންދާ ކަމަށެވެ. މީގެ އިތުރުން ރިސޯޓް ހަދަން ދޫކޮށްފައިވާ ބައެއް ރަށްރަށުގައި އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތައް ވެސް އެންމެ އެކަށީގެންވާ ގޮތަށް ބޭނުން ނުކުރާކަމަށް ކައުންސިލުން ބުންނެއެވެ.

އެހްނެވެ، ބ. އަތޮޅުގައި އެއްވެސް ރިސޯޓެއް އިތުރަށް ނުހެދުމަށާއި އިތުރަށް އެއްވެސް ރިސޯޓެއް ހަދާނަމަ ހަދަން ހުޅުވާލަންވާނީ ކައުންސިލުގެ އިޒުނައެއް ހޯދުމަށްފަހު ކަމަށްވެސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށްވަނީ ގޮވާލައިފަ އެވެ.

އެ ގަރާރަގައި އިތުރަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައިވަނީ ބ އަތޮޅުގައި މިހާރު ވަރުވާއަށް ދޫކޮށްފައިވާ ރަށްތަކުގެ އެއްބަސްވުންތައް ބ. އަތޮޅު ކައުންސިލުގެ މައްޗަށް ބަދަލުކޮށްދިނުމަށާއި، ބ. އަތޮޅުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތައް މޮނިޓަ ކުރެވޭނެ ދައުރެއް އަތޮޅު ކައުންސިލަށް ހަވާލުކުރުމަށެވެ.

މީގެ އިތުރުން ގަވާއިދާ ޚިލާފަށް ބޭނުންކޮށްފައިވާ ރަށްތަކާމެދު ފިޔަވަޅު އަޅައި އަދި ބ. އަތޮޅު ބަޔޮސްފިއާ ރިޒާވަކީ އަތޮޅު ކައުންސިލުގެ ދަށުން ހިނގާތަނެއްގެ ގޮތުގައި ހަމަޖެއްސުމަށް ވެސް އެ ގަރާރުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ބ. އަތޮޅު ކައުންސިލުން ވަނީ ގޮވާލައިފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ