ހުރިހާ ކަމެއް މިއަދު ނިންމަމުން އަންނަނީ އިންޑިއާ އެމްބަސީން: ރައީސް ޔާމީން

ޚަބަރު ފަހުގެ ސިޔާސީ

ދިވެހިރާއްޖޭގައި މިއަދު ހުރިހާ ކަމެއް ނިންމަމުންދަނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ކަމަށް އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ގޮވައިލާ ރައީސް ޔާމީނުގެ އިސްނެންގެވުމަށް ފަށާފައިވާ “އިންޑިއާ އައުޓް” ހަރަކާތަށް ތާއީދު ހޯއްދެވުމަށް މިއަދު ށ.ފުނަދޫއަށް ވަޑައިގެން އެމަނިކުފާނަށް އެ ރަށުން މަރުހަބާ ކިޔަން ނުކުމެ ތިބި ގިނަ ރައްޔިތުންނާ މުޚާޠަބުކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ބޮޑު ތިލަދުންމައްޗަކީ ދިވެހިރާއްޖޭގެ އެންމެ އަގުހުރި ޤައުމީ ބަޠަލު ބޮޑުތަކުރުފާނު ނުކުމެވަޑައިގެންނެވި ހިސާބު ކަމަށާއި، އެ ތަކުރުފާނުގެ ރޫހު އަދިވެސް ބޮޑު ތިލަދުންމަތީގައި އެބައޮތް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައީސް ޔާމީން އިތުރަށް ވިދާޅުވީ މިއަދު ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ދިވެހިންނަށް ދަތިވާ ކަމަށެވެ. ޚާއްޞަކޮށް އެ ސިފައިން ތިބި ރަށްތަކުގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް އިހުސާސުކުރަންޖެހޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެގޮތުން ހަނިމާދޫގައި އިންޑިއާ ސިފައިން ތިބޭތީ އެ ރަށުގެ ރައްޔިތުންނަށްވެސް ދަތިވަމުން އަންނަ ކަމަށާއި، މިހާރު ހާލަތު އޮތް ގޮތަކީ ރާއްޖޭގެ ކަންކަން އިންޑިއާ އެމްބަސީން ނިންމާ ހާލަތެއް ކަމަށެވެ.

އަދި ދިވެހިންނަށް ދަތިވަނީ ހަމައެކަނި އިންޑިއާ ސިފައިން ތިބޭތީ ނޫން ކަމަށާއި، އިންޑިއާއިން ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމާ ބެހޭތީ އެކަމުންވެސް ދިވެހިންނަށް މިއަދު ދަތިކަން އިހުސާސުކުރެވޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އިންޑިއާއިން ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަ ކަމުގެ މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވި އެއް ކަމަކީ އެމަނިކުފާނުގެ ވެރިކަމުގައި ސުޕްރީމް ކޯޓުން 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރަކީ އިންޑިއާ ސަރުކާރު އަޑީގައި އޮވެގެން ނެރުނު އަމުރެއްކަން މިހާރު ސާފުވުމެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ