ކޮވިޑުގައި ރާއްޖެއިން ބިދޭސީއަކު މަރުވެއްޖެއެވެ.
އެޗްޕީއޭއިން މިއަދު ބުނެފައިވާގޮތުގައި ކޮވިޑުގައި މިއަދު މަރުވެފައިވަނީ އުމުރުން 34 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ ބަންގްލަދޭޝަށް ނިސްބަތްވާ މީހެކެވެ.
އެޗްޕީއޭއިން ބުނެފައިވާގޮތުގައި ސ. ފޭދޫ ހެލްތު ސެންޓަރުގައި މި މަރު ރެކޯޑު ކުރެވިފައިވަނީ މިއަދު ހެނދުނު 08:00 ހާއިރުގައެވެ.
މި މަރާއެކު ރާއްޖޭގައި ކޮވިޑާއި ގުޅުންހުރި މަރުގެ އަދަދު މިވަނީ 265 އަށް އަރާފައެވެ.


