ހަނިމާދޫން އިތުރު 16 ފަރާތެއް ކޮވިޑް 19އަށް ޕޮޒިޓިވް ވެއްޖެ

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫން އިތުރު 16 ފަރާތެއް ކޮވިޑް 19އަށް ޕޮޒިޓިވްވެ، ޖުމުލަ އަދަދު 21 އަށް އަރައިފިއެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން މިރޭ ހާމަކުރިގޮތުގައި ޖަނަވަރީ 11 އަދި 12 ވަނަ ދުވަހު ނެގުނު 67 ސާމްޕަލް ގެ ތެރެއިން 16 ސާންޕަލެއް ވަނީ ކޮވިޑް 19 ޕޮޒިޓިވް ވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެއީ ފްލޫ 2 ސާމްޕަލް އާއި 11 ޑައިރެކްޓް ކޮންޓެކްޓް ސާމްޕަލް އަދި 03 ޑިޕާޗަރ ސާމްޕަލްކަމަށް އެ މަރުކަޒުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން އެމަރުކަޒުން ބުނީ ފްލޫގެ އަލާމާތް ހުރެގެން ޓެސްޓް ކުރުމުން ޕޮޒިޓިވް ވީ އެއް ފަރާތަކީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ގައި މަސައްކަތް ކުރައްވާ މުވައްޒަފެއްކަމަށެވެ. އަނެއް ފަރާތަކީ ޖެނުއަރީ 8 ވަނަ ދުވަހު މާލެއިން ހަނިމާދޫ އަށް ދަތުރުކުރައްވާފައިވާ ފަރާތެއްކަމަށެވެ.

މި ފަހަރު ހަނިމާދޫން ކޮވިޑު 19 ކޭސްތަކެއް ފެނުނީ 10 ޖަނަވަރީ 2022 ގައެވެ. އެދުވަހު ވަނީ 5 ފަރާތެއް ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ