އއ. މާންދޫ ކައިރި ފަރަކަށް ޑައިވިންގއަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މާންދޫ ކައިރި ފަރަކަށް ޑައިވްކުރަން ދިޔަ “ގޮމަ” ނަމަކަށް ކިޔާ ދޯންޏަކުން ޑައިވިނަށް ފޭބި ފަތުރުވެރިންތަކެއްގެ ތެރެއިން ފަތުރުވެރިއެއް ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ މާލެ ސަރަހައްދުގެ ސިފައިންނެވެ.
އެމްއެންޑީއެފުން ބުނީ މަންދޫ ކައިރި ފަރަކަށް ފަތުރުވެރިންތައް ޑައިވިނަށް ފޭބީ މިއަދު މެންދުރު 2:30 ހާއިރު ކަމަށެވެ.
ގެއްލިގެން ހޯދަމުންދާ މީހާގެ އިތުރު މައުލޫމާތެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.


