ރައީސް ސޯލިހް ރަސްމީ ދަތުރުފުޅެއްގައި ދުބާއީއަށް ފުރާވަޑައިގެންފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެކުވެރި އަރަބި އިމާރާތް (ޔޫ.އޭ.އީ)ގެ ދުބާއީ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސް ސޯލިހްގެ މި ދަތުރުފުޅަކީ އަބޫދާބީގެ ވަލީއަޙުދު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ، ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ދަތުރުފުޅުގައި، ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތު އަދި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވާނެކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދީފައިވެއެވެ.

މިދަތުރުފުޅުގައި ރައީސް ސޯލިހްގެ އަރުގައި ސަރުކާރުގެ އިތުރު ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާކަމަށް ރައިސް އޮފީހުން މައުލޫމާތުދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ