ޑައިވްކުރަން އުޅެނިކޮށް ގެއްލުނު މީހާގެ ހަށިގަނޑު ކަނޑުގެ 15 މީޓަރު އަޑިން ފެނިއްޖެ

ޚަބަރު ފަހުގެ

އދ. މަންދޫ ކައިރީ ފަރެއްގައި ޑައިވް ކުރަން އުޅެނުކޮށް ގެއްލުނު މީހާގެ ހަށިގަނޑު ކަނޑުގެ 15 މީޓަރު އަޑިން ފެނިއްޖެއެވެ.

އެމްއެންޑީއެފުން މިއަދު ވިދާޅުވީ، އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދުގެ މެންދުރު ފަހު 15:10 އެހާކަންހާއިރު ކޯސްޓްގާޑުގެ ޑައިވަރުންނަށް އޭނާގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“ޑައިވްކުރަނިކޮށް ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު މިއަދު 15:10 ގައި އެމް.އެން.ޑީ.އެފް ކޯސްޓްގާޑްގެ ޑައިވަރުން ވަނީ ކަނޑުގެ 15 މީޓަރު އަޑިން ހޯދުމަށްފަހު ނަގާފަ” އެމްއެންޑީއެފުން ވިދާޅުވިއެވެ

ގެލިގެން ހޯދީ މަންދޫ ކައިރި ފަރަކަށް ޑައިވްކުރަން ދިޔަ “ގޮމަ” ނަމަކަށް ކިޔާ ދޯންޏަކުން ޑައިވިނަށް ފޭބި ފަތުރުވެރިންތަކެއްގެ ތެރެއިން އުމުރުން 69 އަހަރުގެ އަހަރުގެ އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެން ފަތުރުވެރިއެކެވެ. އެނާ ގެއްލުނު ކަމުގެ މައުލޫމާތު ލިބުނީ އިއްޔެ މެންދުރު ފަހު 15:55 އެހާކަންހާއިރުއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ