ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.
އެ މަޝްރޫއު އިފުތިތާހު ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ. އެ ރަސްމިއްޔާތުގައި ހޯރަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ވަހީދާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހޯރަފުށީގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ 16 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. ހޯރަފުށީގެ ބޮޑު މަގުތައް ހިމެނޭހެން 5.3 ކީލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މަގުތަކުގައި ބައްތި ޖެހުމާއި ފެންހިންދާ ނިޒާމު ޤާއިމުކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.
ޕްލޭނިންގ މިނިސްޓްރީން މިމަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ 71.9 މިލިއަނަށް ރުފިޔާއަށެވެ.


