ހަނިމާދޫ ދެ މަގެއްގައި އިންޑިޔާ އައުޓް ޖަހައިފިއެވެ.
ހަނިމާދޫ ތާރުއަޅައިގެން ތަރަގީކުރާ އަސްކަރީ ހިގުން(ކަސްޓަމް ދޮރުމަތީ މަގު) އަދި ރަންވޭމަގު ދެ ސަރަހައްދެގައި އިންޑިޔާ އައުޓް ލިޔެފައިވަނީ ސުޕުރޭ ބޭނުންކޮށްގެންނެވެ.
އެކަން ކުރި ވަކިބަޔަކު ނޭނގޭއިރު މީގެ ކުރިން ފުނަދޫ ސްކޫލް ފާރުގައިވެސް ވަނީ މިފަދަ އިބާރާތެއް ލިޔެފައެވެ.
މިފަދަ އިބާރާތެއް ލިޔެފައި މިވަނީ ރައީސް ޔާމީން ހުކުރު ދުވަހު ފުނަދޫ ވަޑައިގެން އިންޑިޔާ އައުޓް ހަރަކާތުގައި ފާރުތަކުގައި އިންޑިޔާ އައުޓް ލިޔަން ގޮވާލާފައި ވަނިކޮށެވެ.

ހަނިމާދޫ މަގުތަކުގައި އިންޑިޔާ އައުޓް ލިޔުމާ ގުޅިގެން ހަނިމާދޫ ކައުންސިލްގެ ނައިބް ފިރާގް މުހައްމަދު ވިދާޅުވީ ވަކި ގައުމެއް ބޭރުކުރަން ގޮވާލާ ފިނދަނަތަކެއްހެން ފިލާ ތިބެގެން މިފަދަ ނާތަހުޒީބީ އަމަލު ކުރުމަކީ ވަރަށް ފިނޑި އަމަލެއް ކަމަށެވެ. އަދި މިގޮތަށް ރައްޔިތުންގެ މުދަލުގައި ނުލިޔުމަށް ވެސް ފިރާގް ވަނީ އެދިފައެވެ.
” އަޅުގަނޑުމެންނަށް ހިދުމަށް ކުރަން އެތައް އިންޑިޔާ ބަޔަކު މިތާ އެބަތިބި ސީދާ މުޅި އެ ގައުމުން އައުޓް ވާގޮތް ވީމައި ވާނީ ކިހިނެއްތޯ ވިސްނަވާލައްވާ، ވަކި ކަމަކާ ހިތްހަމަ ނުޖެހޭނަމަ ރީތިކޮށް އެކަމާ ނުރުހުން ފާޅުކުރަންވީ.” ފިރާގު މުހައްމަދު ވިދާޅުވިއެވެ.



