ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބުގެ މަޤާމަށް ބޭފުޅަކު އައްޔަނު ކޮށްފިއެވެ.
މި މަގާމަށް އައްޔަނު ކޮށްފައި ވަނީ ފުވައްމުލައް ސިޓީ، ފުނާޑު، މާނެލް، ޢަބްދުﷲ ފަލާޙް ޝަރީފް އެވެ
ޢަބްދުﷲ ފަލާޙް ޝަރީފް މީގެ ކުރިން ވަނީ ޏ. އަތޮޅުކައުންސިލުގެ ރައީސްކަމާއި ފުވައްމުލައް ސިޓީގެ މޭޔަރުކަމުގެ މަޤާމު ފުރުއްވާފައެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރައާއި 15،000ރ. ގެ އެލަވަންސެކެވެ.
ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިވަގުތުވެސް ހަ ޑެޕިއުޓީ މިނިސްޓަރުން އެބަ ތިއްބަވަ އެވެ. އަދި ހަތަރު ސްޓޭޓް މިނިސްޓަރުން ތިއްބަވަ އެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގުވެސް ހިމެނިވަޑައިގަންނަވަ އެވެ.


