މާފުށީ ޖަލުން 5 އޮފިސަރަކާއި 63 ގައިދީން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޚަބަރު ފަހުގެ

މާފުށީ ޖަލުން 5 އޮފިސަރަކާއި 63 ގައިދީން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ކަރެކްޝަނަލް ސާވިސަސުން އެންމެފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މާފުށީ ޖަލުން 5 އޮފިސަރަކާއި 63 ގައިދީން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ޕޮޒިޓިވްވި ގައިދީންނާއި ކޮންޓެކްޓްވި މީހުންގެ ގޮތުގައި 419 ގައިދީއަކު ފާހަގަކުރެވި އެމީހުންވެސް މިހާރުވަނީ ކަރަންޓީނުކޮށްފައި ކަމަށް ކަރެކްޝަނުން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މާފުށީ ޖަލުގައި މަސައްކަތްކުރާ އޮފިސަރުންތަކަކާއި ޖަލުގައި ތިބި ގައިދީންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން، މާފުށީ ޖަލު ކުއްލި ހާލަތަށް ގެނެސްފައި ވަނީ މި މަހުގެ 14ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ މާފުށީ ޖަލުން ޕޮޒިޓިވްވެފައިވަނީ އަލާމާތްތައް ހުރެގެން ސާމްޕަލް ނެގި އޮފިސަރުންނާއި ގައިދީންނެވެ.

މި ހާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެ ސަރވިސްއިން ކަނޑައަޅައިފައިވާ އުސޫލުތަކުގެ ދަށުން މާފުށީ ޖަލުގައި ވަނީ ފިޔަވަޅުތައް އަޅައިފައެވެ.

މާފުށީ ޖަލު އާންމު ހާލަތަށް ގެނެވެންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމުގައި ކަރެކްޝަނުން މައުލޫމާތު ދީފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ