ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރަން އޮތް ފްލައިޓެއްގައި ރޯވެއްޖެއެވެ.
ރޯވެފައިވަނީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.
އަލިފާން ރޯވީ ހަނިމާދޫއިން ފުރަން އުޅެނިކޮށް ފްލައިޓުގެ ކޮކްޕިޓްގައެވެ. ނަމަވެސް މިހާރުވަނީ އަލިފާން ނިއްވާލާފައެވެ.
އަދި މިހާދިސާގައި މީހަކަށް ގެއްލުން ވެފައިނުވެއެވެ. ނަމަވެސް ބޯޓުގެ ވިންޑް ސްކްރީން ތަޅައިގެން ގޮސްފައި ވާކަމަށް މަޢުލޫމާތު ލިބެއެވެ.
މިފްލައިޓްގައި ފަސެންޖަރުންނާއި ކްރޫންނާއިއެކު ޖުމުލަ 35 މީހުން ތިއްބެވެ.
ހާދިސާ ހިނގި ފްލައިޓާ ގުޅޭގޮތުން ބަލަން ޖެހޭކަންކަން ބެލުމަށްފަހު ސްޓާރޓްކޮށް މިހާރު ވަނީ އެއަރ ޕޯޓުގައި ޕާކުކޮށްފައެވެ.
ހަދިސާ ހިނގި ފްލައިޓުގައި ތިބި 35 މީހުން ބަލައި އިތުރު ފުލައިޓެއް ހަނިމާދޫއަށް އައުމުގެ ކަންތައް މިހާރު ކުރިޔަށްދާކަމަށް މޯލްޑިވިއަންނުން މައުލޫމާތު ދެއެވެ.


