ކޮވިޑުގައި 25 އަހަރުގެ ޒުވާން އަންހެނަކު މަރުވެ ރާއްޖޭގެ ޖުމުލަ އަދަދު 266 އަށް

ޚަބަރު ފަހުގެ

ކޮވިޑު ޖެހިގެން އިތުރު މީހަކު މަރުވެ، ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު 266 އަށް އަރައިފި އެވެ.

މަރުވެފައިވަނީ ގއ. މާމެންދުއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޒުވާން އަންހެނެކެވެ. އޭނާ މަރުވެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ. މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 248 ދިވެހީންނާއި 18 ބިދޭސީންނެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ