ކޮވިޑް ބަލީގައި ރާއްޖެ އިން އިތުރު ދެ މީހަކު މަރުވެއްޖެ

ޚަބަރު ފަހުގެ

ކޮވިޑް-19 އަަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުން ދިޔަ ދެ މީހަކު ރާއްޖެއިން މަރުވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބަލީގައި މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެއްގެ އިތުރުން ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ މީހެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެގޮތުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށް މަރުވެފައި ވަނީ، އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ. ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށް މަރުވެފައި ވަނީ، އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.

މިއަދު ރާއްޖެއިން މިބަލީގައި އިތުރު ދެ މީހުން މަރުވެފައި ވާއިރު، ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 267 އަކަށް އަރާފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ